ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އޮޑިޓް އެސޯސިއޭޓް

ޑިޕާޓްމަންޓް:

އިންޓާނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

ކުންފުނީގެ އިންޓާނަލް އޮޑިޓްތައް ކުރުން

ކުންފުނީގެ އެކިއެކި މަސައްކަތްތައް މޮނިޓަރ ކުރުން އަދި ރިވިއުކުރުން

ޝަރުތުތައް:

ފިނޭންސް އަދި އެކައުންޓިން ދާއިރާއިން ޑިގްރީ ސެޓިފިކެޓް އޮތުން

މަސައްކަތާއި ގުޅުންހުރި ދާއިރާއިން 1 އަހަރުގެ ތަޖުރިބާ ހުރުން

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2024 ފެބްރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސްއިންކަން ދަންނަވަމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

20 ފެބުރުވަރީ 2024
ހޯދާ