ދިވެހިރާއްޖެ
އިޢުލާން ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ހެނބަދޫ އިން ބިން ދޫކުރުން ނ.ހެނބަދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ބިމެއް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބިމަކީ ތެޔޮ ގުދަންކޮށް، ބޭނުންކުރުމާއި، ރައްކާތެރިކޮށް ބަހައްޓާ، ރީޓެއިލް އަދި ހޯލްސޭލްކޮށް ތެލުގެ ވިޔަފާރިކުރުމަށް ޚާއްޞަކޮށް ހުޅުވާލެވޭ ބިމެކެވެ. ބިން އޮތް ސަރަހައްދާއި ބޮޑުމިން: މިބިމަކީ ހެނބަދޫ ބަނދަރުގެ އިރުމަތި ފަރާތުގައި އޮންނަ، ޖުމްލަ 2542.59 އަކަފޫޓުގެ ބިމެކެވެ. ބިމުގެ ސަރަހައްދާއި ބޮޑުމިން އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާނެއެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު(ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދަންޖެހޭނީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދު (ޤަވާއިދު ނަންބަރު 2015/R-160) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރު 2015/R-219) އާއި ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާއިދަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރު 2021/R-67) އާއި އެއްގޮތްވާގޮތުގެ މަތިންނެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 10 ޝައުބާން 1445 20 ފެބުރުއަރީ 2024
|