މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޑިވިޖުއަލް ނޭޝަނަލް އެކްސްޕާޓެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސެކަންޑް ނޭޝަނަލް ކޮމިއުނިކޭޝަންސް އެސެސްމަންޓް ހެދުމަށް އިންޑިވިޖުއަލް ނޭޝަނަލް އެކްސްޕާޓެއް ހޯދުމާބެހޭ

ސެކަންޑް ނޭޝަނަލް ކޮމިއުނިކޭޝަންސް އެސެސްމަންޓް ހެދުމަށް އިންޑިވިޖުއަލް ނޭޝަނަލް އެކްސްޕާޓެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)438-PRCU/1/2015/20)ފ(2 އެޕްރީލް 2015) ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ. މިގޮތުން، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރެއްވުމަށްފަހު 20 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް ތިރީގައިވާ އެޑްރެހަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު (މަހަކަށް ޖެހޭވަރު އެނގޭ ގޮތަށް)
  • މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު ( ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު )
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސީވީ.

މި މަސައްކަތުގެ ތަފުސީލު ހިމެނޭ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަންތައް ހުޅުވުން އޮންނާނީ، 20 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގެ ބައްދަލުކުރާ ކޮޓަރީގައެވެ.

ޕްރޮކިއުމަންޓް ޔުނިޓު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 300 3004 960+  ފެކްސް: 301 3004 960+

އީމެއިލް އެޑްރެސް: [email protected]

13 އޭޕްރިލް 2015
ހޯދާ