ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
|
މަޤާމު
|
އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފްގާރޑްސް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އޮފިސަރ
|
މުސާރައާއި ޢިނާޔަތްތައް
|
މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ސެންޓްރަލް އޮޕަރޭޝަންސް، މާލެ އޮޕަރޭޝަންސް
|
ބޭނުންވާ އަދަދު
|
02
|
ޝަރުޠު
|
- ދަށްވެގެން އެންވަޔަރަންމަންޓަލް ސައިންސް، ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން. ( އަދި ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ)
- މަސައްކަތާއި ގުޅޭ ދާއިރާއިން މަދުވެގެން 1 (އެކެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން.
- ކުނި މެނޭޖުކުރުމުގެ ދާއިރާއިން ހިންގިފައިވާ އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
- ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ތިމާވެށީގެ ޤާނޫނާތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
- މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕަރޭޝަންގެ ދަށުން ހިންގާ އެކިއެކި ފެސިލިޓީތަކުގައި ތިމާވެއްޓާއި އިޖުތިމާޢީ ގޮތުން ރައްކާތެރި ކުރުމަށް އެޅޭ ފިޔަވަޅުތައް އަދި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ބައްޓަންކުރުމާއި ޤާއިމްކުރުން އަދި ތަންފީޛުކުރުން
- ކޯޕަރޭޝަންގެ ދަށުން ހިންގާ އެކިއެކި ފެސިލިޓީތަކުގައި ތިމާވެއްޓާއި އިޖުތިމާޢީ ގޮތުން ރައްކާތެރިނޫން ގޮތްގޮތަށް ކުރެވޭ ކަންކަން ފާހަގަކޮށް، ރަނގަޅުކުރުމަށް ކޯޕަރޭޝަނުގެ މެނޭޖްމެންޓަށް ހުށަހަޅާ އެކަންކަން ދެމެހެއްޓެނެވި ގޮތަކަށް އިސްލާހުކޮށް ހަރުދަނާކުރުން
- އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އިން ފާސްކޮށްފައިވާ ރިޕޯރޓްތަކާއި އެއްގޮތަށް ކޯޕަރޭޝަންގެ ތިމާވެއްޓާއި އިޖުތިމާޢީ ހިންގުމުގެ ޕްލޭންތައް އެކުލަވާލުން
- ކަނޑައެޅޭ ތާވަލަކާއި އެއްގޮތަށް ކޯޕަރޭޝަންގެ އެކިއެކި ފެސިލިޓީތަކަށް ޒިޔާރަތްކޮށް، ސޭފްގާރޑް މޮނިޓަރކޮށް އީ.ޕީ.އޭ އަށް ހުށައަޅަންޖެހޭ ރިޕޯރޓްތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ހުށައެޅުން
- ކަނޑައެޅޭ ތާވަލަކާއި އެއްގޮތަށް ކޯޕަރޭޝަނުގެ އެކިއެކި ފެސިލިޓީތަކަށް ޒިޔާރަތްކޮށް، ތިމާވެއްޓާއި އިޖުތިމާޢީ ގޮތުން ބަލަހައްޓަންޖެހޭ މިންގަނޑުތަކާއި އަދި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން މޮނިޓަރކޮށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި ލިޔެކިޔުންތައް ތައްޔާރުކުރުން
- ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތިމާވެއްޓާއި، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކަމާގުޅޭ މާހިރުންނާއި ގުޅިގެން ފްރޮގްރާމްތައް ހިންގުން
- ޑިޕާޓްމަންޓުން ހަވާލުކުރާ މަޤާމާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.
- ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ ހުރިހާ ޑިފާޓްމަންޓްތަކާއެކު މަސައްކަތްކުރުން.
- މީގެއިތުރުން ކޯޕަރޭޝަނުން ހިންގާ އިތުރު ހަރަކާތްތަކުގައި އިސްނަގައިގެން ހަރަކާތްތެރިވުމާއި އަދި ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
- އިންޓަރވިއާއި އިމްތިޙާން
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ނ) އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.
- ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 04 މަސްދުވަސް ހަމަނުވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:
|
2024 ފެބްރުވަރީ 27 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން.
|
އިންޓަރވިއު:
|
- އިންޓަރވިއުއާއި އިމްތިޙާނުކުރުން މާރިޗު މަހުގައިކުރިއަށް ގެންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.
މަތީގައި ބަޔާން ކުރެވިފައިވާ އެޑްރެހަށް ނުވަތަ މެއިލްއަށް ލިބޭ ފޯމްތައް ފިޔަވާ އިތުރު ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ.
މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.
|
19 ފެބްރުއަރީ 2024
|