ދިވެހިރާއްޖެ
މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވޯކް' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޢަމަލުކުރާނޭ ގޮތްތަކަށް އަލިއަޅުވާލައި ތައްޔާރުކޮށް އެކުލަވާލާފައިވާ 'މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވޯކް' ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ފޮތް ޕްރިންޓް ކުރެވެންވީ ގޮތާބެހޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ހުށަހަޅަންވީ ތަކެތި:
- މަސައްކަތުގެ އަގު:
- ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި 'މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވޯކް' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ" މަޝްރޫޢާބެހޭ މިހެން ލިޔެވިފައިވާންވާނެއެވެ.
ބީލަން ހުޅުވުން އޮންނާނީ 22 އެޕްރީލް 2015 ވަނަ ދުވަހުގެ 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ
ފޯނު: 3018337 (960)+ ނުވަތަ 3018300 (960)+
ފެކްސް: 3018301 (960)+
އީމެއިލް: [email protected]
މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި 'މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޕޮލިސީ ފްރޭމްވޯކް' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ' ޖައްސަވާފައި ފޮނުއްވުން އެދެމެވެ.