ޑިޕާޓްމެންޓް
|
ކޯޑިނޭޝަން އެންޑް މޮނިޓަރިގ
|
މައިގަނޑު މަސައްކަތް:
|
- ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ ދަށުން ބަލަހައްޓާ ޑޭޓާބޭސްއަށް ޑޭޓާ އެންޓްރީ ކުރުން.
- ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ މަސައްކަތާއި ގުޅިގެން ތައްޔާރުކުރާ ރިޕޯޓުތައް ހެދުމުގައި އެހީތެރިވުން.
- ޑިޕާޓްމެންޓުގެ މަސައްކަތްތަކާއި ގުޅިގެން ޑިރެކްޓަރގެ އިރުޝާދުގެ މަތިން، ސެޝަންތައް ނެގުމުގައި އެހީތެރިވުން
- ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ ފަރާތުން ކުރަންޖެހޭ އެހެނިހެން މަސައްކަތުގައި އެހީތެރިވެދިނުން.
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
ޑިޕާޓްމެންޓް
|
އެޑްވޮކަސީ އެންޑް ރިސާރޗް
|
މައިގަނޑު މަސައްކަތް:
|
- ގެވެށި އަނިޔާ ހުއްޓުވުމަށް އޮތޯރިޓީން ހިންގާ ހޭލުންތެރިކުރުވުމުގެ އެކި މަސައްކަތްތަކުގައާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހިންގާ މިފަދަ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- އޮތޯރިޓީގެ ސޯޝަލް މީޑިއާއަށް އެޑްވޮކަސީ ޕޯސްޓްތަކާއި މިނޫންވެސް ހާއްސަ ދުވަސްތައް ފާހަގަކުރުމަށް ތައްޔާރުކުރާ ޕޯސްޓްތައް ހެދުމުގައި ބައިވެރިވުން.
- ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ފާހަގަކުރާ ދުވަސްތަކާ ގުޅިގެން ހަރަކާތްތައް ހިންގުން.
- އޮތޯރިޓީން އަދި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް އިންތިޒާމް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން ޑިޕާޓްމަންޓްގެ ނުވަތަ އޮތޯރިޓީގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
ޑިޕާޓްމެންޓް
|
ކޯޕަރޭޓް އެފެއާރޒް
|
މައިގަނޑު މަސައްކަތް:
|
- އޮތޯރިޓީގެ މުވައްޒަފުން ތަމްރީން ކުރުމަށް ހިންގަންޖެހޭ ސެޝަންތައް ހިންގުމުގެ އިދާރީ މަސައްކަތްތައްކުރުން.
- 2023 ވަނަ އަހަރު ތަޢާރަފް ކުރެވުނު ފްލެކްސީ ޕޮލިސީގެ ދަށުން މުވައްޒަފުނަށް ދެވުނު ލުއިތަކާގުޅިގެން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް އައި ބަދަލު ދެނެގަތުމަށް ކުރުމަށް ހަމަޖެހިފައިވާ ސާރވޭއާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
- އޮތޯރިޓީން ހިންގާ ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކާއި ގުޅިގެން ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތަކާއި، ފައިސާއާއި ބެހޭ މަސައްކަތްތަކާއި، ޕްރޮކިއުމަންޓާގުޅޭ މަސައްކަތްތަކާއި، އިދާރީ ހިންގުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
ޝަރުތު:
|
- މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތައް؛
- ރާއްޖެއާއި ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ 6 (އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ނުވަތަ 7(ބެޗްލަރސް ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވާ ނުވަތަ ހާސިލުކުރަމުންދާ ދަރިވަރަކަށްވުން؛
- ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރުން؛
- މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވެ، ބޭނުންކުރަން އެނގުން (ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް، ޕަބްލިޝަރ ފަދަ އެފްލިކޭޝަންތައް)؛
- 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ތަޖުރިބާގެ ގޮތުގައި ޑޭޓާ އެންޓްރީ ކުރުން، ރިސާޗް އެކްސްޕީރިއަންސް، ނުވަތަ އިންޓަރން ކުރަންޖެހޭ މައިގަނޑު މަސައްކަތާއި ގުޅުންހުރި އެހެނިހެން ތަޖުރިބާ ބަލައިގަނެވޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ވަގުތު:
|
- ހަފްތާ އަކު ގިނަވެގެން 48 ގަޑިއިރު.
|
މުއްދަތު:
|
- 3 މަސް ދުވަސް (އިންޓަރންގެ ޕާފޯމަންސްއާއި، މަސައްކަތުގެ ކޮލިޓީއަށް ބަލައި ހަވާލުކުރެވިދާނެ އިތުރު މަސައްކަތްތަކެއް ހުރި ނަމަ، ނުވަތަ ފުރަތަމަ އެއްބަސްވެނު މުއްދަތުގެ ތެރޭގައި ސަބަބުތަކަކާހުރެ ނުނިމި ހުރި މަސައްކަތްތަކެއް ހުރިނަމަ މުޅި އިންޓަރންޝިޕްގެ މުއްދަތު ގިނަވެގެން 6 މަސްދުވަހަށް އިތުރުކުރެވިދާނެ (
|
އެލަވަންސް:
|
ތަޢުލީމު
|
މަސައްކަތުގެ ތަޖުރިބާއާ ނުލައި ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)
|
މަސައްކަތުގެ ތަޖުރިބާއާއެކު ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)
|
އޭ ލެވެލް
|
45
|
50
|
ޑިޕްލޮމާ (ލެވެލް 5)
|
50
|
55
|
އެޑްވާންސްޑް ޑިޕްލޮމާ (ލެވެލް 6 / އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ)
|
55
|
60
|
ބެޗްލަރސް ޑިގްރީ (ލެވެލް 7)
|
65
|
70
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު؛
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- ކޯސް ފުރިހަމަކުރަމުންދާ ދަރިވަރުން ކޯސް ފުރިހަމަކުރާކަމުގެ ލިޔުން؛
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަނަވަރު (ކަރިކިއުލަމް ވީޓާ).
|