ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުން ބައްދަލުވުން (ފެބްރުވަރީ 2024)

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ 1 (ނ) ގައިވާ

ގޮތުގެމަތިން ކައުންސިލަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން 28 ފެބްރުވަރީ 2024 ވާ ބުދަ ދުވަހުގެ ރޭ 08:30ގައި

ކައުންސިލް އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިރީގައިވާ ރިޕޯޓްތައް ހުށަހެޅުން އޮންނާނެއެވެ.

ބައްދަލުވުމުގެ އެޖެންޑާ

  • 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް.
  • 2023 ވަނަ އަހަރުގެ މާލީ ރިޕޯޓް.

           ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަށުގެ ދެ ޖިންސުގެ އެންމެހާ ރައްޔިތުންނަށް

ދަޢުވަތުއަރުވަމެވެ.

މިކަން ޢާންމުކޮށް އެނގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2024
ހޯދާ