މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާ ހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ އެއަރޕޯޓްގައިވާ އެގްޒެކްޓިވް/ބިޒްނަސް ލައުންޖް ސަރވިސަސް ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ޓެކްނީޝަން (އޮރަކަލް ސަޕޯޓް)

ބޭނުންވާ އަދަދު: 02   

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ އައިޓީ.އެންޑް އެނާޖީ މެނޭޖްމަންޓް ޑިވިޜަން

ޝަރުޠު:

  • ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ ހަދާފައިވާ ފަރާތަކަށްވުން.
  • ފައިނޭންސް އެޕްލިކޭޝަންސްއާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 03 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

މުސާރަ އާއި އިނާޔަތްތަކަށް : -/10،000ރ އާއި -/11،000ރ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކޮންފިގަރ ކުރުމާއި ޓްރެބަލް ޝޫޓްކުރުން އަދި އޮރަކަލް ERP  މަސައްކަތުގައި އެހީތެރިވުން. ކުންފުނީގެ މައި އެޕްލިކޭޝަންއަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި އަދި ކުރިއަށްހުރި ބިޒްނަސް ޕްލޭންތަކާއި ޕްރޮސީޖާތައް ބަލައި އިތުރަށް ރަނގަޅުކުރަން ހުރިކަންކަން ކުރުން.
  • މިހާރު ކުންފުނީގައި ބޭނުން ކުރަމުންދާ ސިސްޓަމްތަކުގެ ފެންވަރު ދެނެގަތުން.
  • ކުންފުންޏަށް ގަންނަށް ބޭނުންވާ ހާޑްވެއަރ އާއި ސޮފްޓްވެއަރ ދިރާސާކުރުމާއި އަދި ކުންފުންޏަށް އެންމެ ރަނގަޅަށް ބޭނުން ހިފޭނީ ކޮންގޮތަކަށްތޯ ބަލައި އެކަން ކުރުން.
  • ޗޭންޖް މެނޭޖްމަންޓް ޕްލޭން ( ބޭނުންވާ ހާލަތުގައި) ތައްޔާރުކުރުން.
  • ERP އާ ގުޅުންހުރި މައްސަލަތަކުގައި ކުންފުނީގެ މުވައްޒަފުންނަށް އެހީތެރިވުން.

މަޤާމު: ޓެކްނީޝަން (އޮރަކަލް ޑިވެލޮޕާ)

ބޭނުންވާ އަދަދު: 02  

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / އައިޓީ.އެންޑް އެނާޖީ މެނޭޖްމަންޓް ޑިވިޜަން

ޝަރުޠު:

  • ޑިޕްލޮމާއިން އިންފޮމޭޝަން ޓެކްނޮލޮޖީ ހަދާފައިވާ ފަރާތަކަށްވުން.
  • ފައިނޭންސް އެޕްލިކޭޝަންސްއާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 03 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

މުސާރަ އާއި އިނާޔަތްތަކަށް: -/10،000ރ އާއި -/11،000ރ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކޮންފިގާރ ކުރުމާއި ޓްރެބަލް ޝޫޓްކުރުން އަދި އޮރަކަލް ERP ޑިވެލޮޕް ކުރުން. ކުންފުނީގެ މައި އެޕްލިކޭޝަން އަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި އަދި ކުރިއަށްހުރި ބިޒްނަސްޕްލޭންތަކާއި ޕްރޮސީޖާތައް ބަލައި އިތުރަށް ރަނގަޅުކުރަން ހުރިކަންކަން ކުރުން.
  • މިހާރު ކުންފުނީގައި ބޭނުން ކުރަމުންދާ ސިސްޓަމްތަކުގެ ފެންވަރު ދެނެގަތުން.
  • ކުންފުންޏަށް ގަންނަ ބޭނުންވާ ހާޑްވެއަރ އާއި ސޮފްޓްވެއަރ ދިރާސާކުރުމާއި އަދި ކުންފުންޏަށް އެންމެ ރަނގަޅަށް ބޭނުން ހިފޭނީ ކޮންގޮތަކަށްތޯ ބަލައި އެކަން ކުރުން.
  • ޗޭންޖް މެނޭޖްމަންޓް ޕްލޭން ( ބޭނުންވާ ޚާލަތުގައި ) ތައްޔާރުކުރުން.
  • ކޯޑް ޑިވެލޮޕްކުރުމާއި، ކުންފުނިން ބޭނުން ވެއްޖެހިނދެއްގައި ERP މެދުވެރިކޮށް ރިޕޯޓްތައް ތައްޔާރުކުރުން.

މަޤާމު: ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު: 06

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ރޯޑް އެންޑް ހާބަރ

ޝަރުޠު:

  • އަސާސީ ތަޢުލީމު ފެންވަރު ހުރުން.
  • އުމުރުން 25-40 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތެއް ކަމުގައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތަކަށް: -/9،000ރ އާއި -/10،000ރ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކޯޑިނޭޓަރ/ ސުޕަވައިޒަރުގެ ދަށުން މަސައްކަތްކުރުން.
  • އެއަރޕޯޓްގައި ހިންގޭ ހަރަކާތްތަކާއި، ޔުނިޓްގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.
  • މަސައްކަތްކުރުމަށް ބޭނުންކުރާ ޓޫލްސް އަދި މިނޫން އެހެން ތަކެތި ސާފުކޮށް ބެލެހެއްޓުން.

މަޤާމު: އިކުއިޕްމަންޓް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 2

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ރޯޑް އެންޑް ހާބަރ

ޝަރުޠު:

  • ގްރޭޑް 7ގެ ފެންވަރު ހުރުން (ގްރޭޑް 7ގެ ސްކޫލް ލީވިންގ ސެޓްފިކެޓް އޮތުން)
  • އުމުރުން 25-40 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތެއް ކަމުގައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • V1 އަދި C1E ކެޓަގަރީގެ ޑްރައިވިންގ ލައިސެންސް އެޮތުން.

މުސާރަ އާއި އިނާޔަތްތަކަށް : -/9،000ރ އާއި -/10،000ރ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކޯޑިނޭޓަރ/ ސުޕަވައިޒަރުގެ ދަށުން މަސައްކަތްކުރުން.
  • މަސައްކަތްކުރުމަށް ބޭނުންކުރާ ޓޫލްސް އަދި މިނޫން އެހެންތަކެތި ސާފުކޮށް ބެލެހެއްޓުން.
  • އެއަޕޯޓްގައި ހިންގޭ ހަރަކާތްތަކާއި، ޔުނިޓްގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށައަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 16 އެޕްރީލް 2015 ވަނަ ދުވަހުގެ 16:00ގެ ކުރިން.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް

ހުޅުލެ، ދިވެހިރާއްޖެ. 

އިތުރު މަޢުލޫމާތު: ފޯނު 3325511    

 އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015
ހޯދާ