ދިވެހިރާއްޖެ
ނޫރު މިސްކިތުގެ އުތުރުފަރާތައް އަންހެނުން ނަމާދުކުރުމަށް އިތުރުކޮށްފައިވާ ފެންޑާބައިގެ ތަޅުމުގައި މުށިޖެހުމާއި، ސީލިންގު ކުރުމާއި އަދި މިސްކިތުގެ ހުޅަނގު ފަރާތު އަސްކެނީގެ ސީލިންގުން ހަލާކުވެފައިވާ ބައިގެ ސީލިންގު ކުރުމަށް ބޭނުންވާ ތަކެތި ހޯދާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (14-2-2024) (IUL)366/2024/11 ގެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިއިޢުލާނާއެކު ޢާއްމުކޮށްފައިވާ ލިސްޓްގައިވާ ތަކެތި އަމިއްލަ ޚަރަދުގައި މިއިދާރާއަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 26 ފެބުރުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން " އަންދާސީ ހިސާބު ހުށަހަޅާ ފޯމް " ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއެކު ހޯދުމަށް ބޭނުންވާ ތަކެތީގެ ލިސްޓް ޢާއްމު ކުރީމެވެ.
ވިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.