ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެސިސްޓަންޓް އޮޑިޓަރ

މަޤާމު: އެސިސްޓެންޓް އޮޑިޓަރ

ބޭނުންވާ އަދަދު: 01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ: މަހަކު -/6,295 ރުފިޔާ

ސަރވިސް އެލަވަންސް: -/2,000 ރުފިޔާ

ކޮންފްލިކްޓް އޮފް އިންޓްރެސްޓް: މުސާރައިގެ %35

ވަޒީފާ އަދާ ކުރަންޖެހޭ ތަން: ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، މާލެ

ޔުނިޓްގެ ނަން: އޯގަނައިޒޭޝަން އެކްސެލަންސް

ފެންވަރު ނުވަތަ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާސާ: އެން.ސީ.އައި.ޓީ އިން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ހިފަހައްޓާ ރަނގަޅުކުރުމަށް ބޭނުންވާ ޕްރޮސީޖަރތަކާ އެއްގޮތަށް މަސައްކަތްކުރޭތޯ ބަލާ، އޯޑިޓް ކުރުމުގެ މަސައްކަތާއި އެން.ސީ.އައި.ޓީ އިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 21 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ލިޔުމަކުންނެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެނީ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
  • ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް – 01 އޭޕްރުލް 2013 ގައިވާ  "ސަޕޯޓް ސްޓާފްގެ މަޤާމުތަކަށް މުވައްޒަފުން ޢައްޔަން ކުރުމުގެ ކުރައިޓީރިއާ ( ޖީއެސް 1 އިން އެމް.އެސް. 2 އަށް) ގައިވާ ގޮތުމުގެ މަތިންނެވެ. މިގޮތުން:
  1. ވަޒީފާގެ ޝަރުޠު ފުރިހަމަވުން
  2. ތަޢުލީމާއި ތަމްރީން %38
  3. މަސައްކަތުގެ ތަޖުރިބާ %8
  4. މަސައްކަތުގެ ހުނަރު %43
  • މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެ ތަން: މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން ބޭއްވުމަށް ކަނޑައަޅާފައި ވަނީ އިއުލާން ހަމަވުމުގެ 2 ހަފުތާ ތެރޭގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައެވެ. އިންޓަރވިއުއާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުމަށް ކަނޑައަޅާ ދުވަސް މި މުއްދަތުގެ ތެރޭގައި، 1 ދުވަސް ކުރިން ލިޔުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައި)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މިއޮފީހުގެ ވެބްސައިޓް www.ncit.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެ އަދި މިއޮފީހުގެ ފްރަންޓް އޮފީހުންވެސް ލިބެން ހުންނާނެ)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344004 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015
ހޯދާ