ދިވެހިރާއްޖެ
ނަންބަރު: (IUL)GS36/N/2024/001
ނީލަމާއިބެހޭ މަޢުލޫމާތު
މިއިދާރާގެ ބެލުމުގެދަށުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 24 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު މެންދުރުފަހު 14:00ގައި ކ.އަތޮޅު މަދަރުސާ ގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
| ކޯޑު | މުދާ | ރޭޓް | އަދަދު | ނީލަންކިޔަން ފެށޭނެ އަގު | ނީލަންކިޔުމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު | 
| GS36/N/001 | މޭޒު (ކޮމްޕިއުޓަރ) | 70.00ރ | 18 | 70.00ރ | 10.00ރ | 
| GS36/N/002 | ގޮނޑި | 10.00ރ | 61 | 10.00ރ | 5ރ | 
| GS36/N/003 | ގޮނޑި (ޕްރައިމަރީ) | 10.00ރ | 2 | 10.00ރ | 5ރ | 
| GS36/N/004 | ޑެސްކު | 75.00ރ | 6 | 75.00ރ | 10.00ރ | 
| GS36/N/005 | އޮފީސް ގޮނޑި (ލޯބެކް) | 65.00ރ | 2 | 65.00ރ | 10.00ރ | 
| GS36/N/006 | ކީ ބޯޑު | 30.00ރ | 1 | 30.00ރ | 5.00ރ | 
| GS36/N/007 | މައުސް | 15.00ރ | 1 | 15.00ރ | 5.00ރ | 
| GS36/N/008 | ފެކްސް މެޝިން | 90.00ރ | 1 | 90.00ރ | 15.00ރ | 
| GS36/N/009 | ލޭންޑް ފޯން | 25.00ރ | 3 | 25.00ރ | 5.00ރ | 
| GS36/N/010 | އޭ.ސީ | 1359.00ރ | 6 | 1359.00ރ | 50.00ރ | 
| GS36/N/011 | ލެމިނޭޓަރ | 80.00ރ | 1 | 80.00ރ | 10.00ރ | 
| GS36/N/012 | ޑްރެސިންގ ޓޭބަލް | 100.00ރ | 1 | 100.00ރ | 40.00ރ | 
| GS36/N/013 | އަލަމާރި | 100.00ރ | 1 | 100.00ރ | 40.00ރ | 
| GS36/N/014 | މެގަ ފޯން | 80.00ރ | 1 | 80.00ރ | 10.00ރ | 
| GS36/N/015 | މޮނީޓަރ | 160.00ރ | 1 | 160.00ރ | 50.00ރ | 
| GS36/N/016 | ކަބަޑު (ފައިލިންގ ކެބިނެޓް) | 200.00ރ | 1 | 200.00ރ | 50.00ރ | 
| GS36/N/017 | ގްލޯބް | 25.00ރ | 1 | 25.00ރ | 5.00ރ | 
| GS36/N/018 | ޑޮކިއުމަންޓް ފީޑަރ | 1049.00ރ | 1 | 1049.00ރ | 50.00ރ | 
| GS36/N/019 | އެނދު | 100.00ރ | 2 | 100.00ރ | 40.00ރ | 
| GS36/N/020 | ޕްރިންޓަރ | 320.00ރ | 1 | 320.00ރ | 50.00ރ | 
ނީލަންކިޔުމުގެ އުސޫލު
1. ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
2. ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
3. ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
4. ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
5. ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މަދަރުސާގެ އިދާރާއަށް ނުވަތަ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.
 
                    