ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާން

 

       

މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރ GS91/IUL/2023/10 އިޢުލާނަށް ދެވުނު މައުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

1 އަހަރުދުވަހުގެ މުއްދަތައް މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 2024 ފެބުރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ފެބުރުއަރީ 28 ވާ ބުދަ ދުވަހުގެ 13:00 ގައި ނޭކުރެންދޫ ސްކޫލު އޮފީހުގައެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.

 ވީމާ،މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓަވައިދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން އާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.

 

 

18 ފެބުރުވަރީ 2024
ހޯދާ