ދިވެހިރާއްޖެ
(IUL)38-AC/38/2024/165 :ނަންބަރު
އިޢުލާން
ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން
ވޯޓުފޮށި ބަހައްޓާ ތަންތަން
2024 މާރިޗު 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި ވޯޓުލާ ސަރަހައްދުގެ ތަފްސީލު ތިރީގައި މި ދަންނަވަނީއެވެ.
ވޯޓުފޮށިބަހައްޓާ ރަށް/ތަން |
ވޯޓުލާސަރަޙައްދު |
ވޯޓުފޮށީގެނަން |
ވޯޓުފޮށީގެކޯޑު |
ވޯޓުފޮށީގެނަންބަރު |
މާފަންންނު ސްޓޭޑިއަމް |
މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހއ. ތަކަންދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ. |
ބައި-އިލެކްޝަން، އަތޮޅު-މާލެ-1 |
T0.1 |
1 |
އާ ދަރުމަވަންތަ ސްކޫލް އުތުރު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 1D |
މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ނ. ވެލިދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ. |
ބައި-އިލެކްޝަން، އަތޮޅު-މާލެ-2 |
T0.2 |
2 |
މަދަރުސަތުލް ޝަހީދު ޢަލިތަކުރުފާނުގެ ހޯލްގައި |
މި ފޮށްޓަށް ވޯޓުލާނީ ތަކަންދޫ ރައްޔިތުންނެވެ. |
ހއ. ތަކަންދޫ-1 |
A11.1 |
3 |
ނ. ވެލިދޫ، |
މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރޯޝަނީމަގުގެ އުތުރުން ޝަބްނަމީހިނގުމާ ހަމަޔަށް، ޝަބްނަމީހިނގުމުގެ ހުޅަނގުން އުތުރަށް ޗާނދަނީމަގާއި ހަމަޔަށް، ޗާނދަނީމަގުގެ އުތުރުން އިރަށް ރާވެރިމަގާއި ހަމަޔަށް، ރާވެރިންމަގުން އުތުރަށް އެމަގުގެ ހުޅަނގުން ހިމެނޭ ރަށުގެ އުތުރު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. |
ނ. ވެލިދޫ-1 |
D13.1 |
4 |
ނ. ވެލިދޫ، |
މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރޯޝަނީމަގުގެ ދެކުނުން ޝަބްނަމީހިނގުމާ ހަމަޔަށް، ޝަބްނަމީހިނގުމުގެ އިރުން ޗާނދަނީމަގާއި ހަމަޔަށް، ޗާންދަނީމަގުގެ ދެކުނުން އިރަށް ރާވެރިންމަގާއި ހަމަޔަށް، ރާވެރިންމަގުގެ ހުޅަނގުން ހަވީރީހިނގުމާ ހަމަޔަށް، ހަވީރީހިނގުމުގެ އުތުރުން ހުޅަނގަށް ޝިފާގޯޅިއާ ހަމަޔަށް، ޝިފާގޯޅީގެ ހުޅަނގުން ދެކުނަށް ކިނާރާމަގާއި ހަމަޔަށް، ކީނާރާމަގުގެ އުތުރުން އެމަގުގެ ހުޅަނގުގައި ހިމެނޭ ރަށުގެ މެދުތެރޭ ސަރަޙައަދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. |
ނ. ވެލިދޫ-2 |
D13.2 |
5 |
ނ. ވެލިދޫ، |
މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރާވެރިންމަގުގެ އިރުން އެމަގުގެ ދެކުނަށް ހަވީރީހިނގުމާ ހަމަޔަށް، ހަވީރީހިނގުމުގެ ދެކުނުން ހުޅަނގަށް ޝިފާގޯޅިއާ ހަމަޔަށް، ޝިފާގޯޅީގެ އިރުން ދެކުނަށް ކިނާރާމަގާއި ހަމަޔަށް، ކިނާރާމަގުން ހުޅަނގަށް އެ މަގުގެ ދެކުނުން ރަށުގެ އިރުދެކުނު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. |
ނ. ވެލިދޫ-3 |
D13.3 |
6 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.