އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް (އީ.އެކްސް 5) - ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

(IUL)38-BB/38/2024/167 :ނަންބަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް

ޑިރެކްޓަރ ޖެނެރަލް (އީ.އެކްސް 5)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ޑިޕާޓްމަންޓް

ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:

މަހަކު 13,890.00 ރުފިޔާ (ތޭރަހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 5,000.00 ރުފިޔާ (ފަސްހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މަހަކު 6,250.50 ރުފިޔާ (ހަހާސް ދުއިސައްތަ ފަންސާސް ރުފިޔާ ފަންސާސްލާރި)

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި، ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. އީ.އެކްސް 3 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް، މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މަސައްކަތުގެ ދާއިރާ:

  • މެނޭޖްމަންޓް ދާއިރާ

އިތުރަށް ބަލާނެ ކަންތައް:

  1. އުމުރުން 18 އަހަރާ 45 އަހަރުގެ އުމުރުފުރައިގެ މީހަކު ކަމުގައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  3. ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެ އުޅޭ މީހެއްކަމުގައި ނުވުން.
  6. މަޤާމްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދިނުން.

މަސްއޫލިއްޔަތު:

  • ސަޕޯޓް ސާވިސް ޑިޕާޓްމަންޓްގެ ދަށުން ހިނގަމުންދާ ހިއުމަން ރިސޯސް އެންޑް ފައިނޭންސް ޑިވިޜަން އަދި އެޑްމިނިސްޓްރޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ މަސައްކަތްތައް ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކުރިޔަށް ދޭތޯ ބަލައި މޮނިޓަރކުރުން.
  • ޑިޕާޓްމަންޓް ވެރިޔާގެ ހައިސިއްޔަތުން ޑިވިޜަންތަކުގެ ވެރިންނަށް މަޝްވަރާއާއި، އިރުޝާދު ދީ މަސައްކަތްތައް އަވަސްކުރުމަށް ބާރުއެޅުން.
  • ކޮމިޝަނުގެ ރަސްމީ ޖަލްސާއިން މެންބަރުން ނިންމާ ނިންމުންތަކުގައި ޑިޕާޓްމަންޓްގައި ހިމެނޭ ޑިވިޜަން ތަކުން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒު ކުރުމުގައި ޑިވިޜަންތަކުގެ ވެރިންނަށް އެހީތެރިކަން ފޯރުކޮށް އެކަމަށް މަގުފަހިކޮށްދިނުން.
  • އުސޫލުތަކާއި ޤަވާއިދުތައް އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ޑިވިޜަންތަކުގެ ވެރިންގެ އެހީތެރިކަމާއެކު ގެނައުމާއި، އެ ގޮތުގެ މަތިން ޑިވިޜަންތަކުގެ މަސައްކަތްތައް ރާވައި ހިންގުން.
  • ޑިވިޜަންތަކުގެ މަސައްކަތްތައް ގޮސްފައިވާ މިންވަރާއި ކުރަންހުރި މަސައްކަތްތައް ބަލައި ކުރިޔަށް އޮތް ހަފްތާއަށް މަސައްކަތްތައް ރޭވުން.
  • ޑިވިޜަންތަކުގެ ވަކި ވަކި މުވައްޒަފުންގެ މަސައްކަތްތަށް ބަލާ އިތުރަށް ހަރުދަނާކުރަންހުރި ކަންކަން ފާހަގަކޮށް، އެކަންތައްތައް ކުރިއަށްގެންދާނެ ގޮތުގެ ލަފަޔާއި މަޝްވަރާ ޑިވިޜަންތަކުގެ ވެރިންނާއި ޙިއްސާކުރުން.
  • ޑިވިޜަންތަކުގެ ވެރިންގެ އެޕްރައިޒަލް ފޯމް ފުރިހަމަކޮށް، ދެންތިބި މުއްވައްޒަފުންގެ އެޕްރައިޒަލް ފުރިހަމަކުރަމުންދޭތޯ ބަލައި އެޕްރައިޒު ކުރުމުގެ މަސައްކަތް ނިންމަޖެހޭ ތާރީޚަށް ފުރިހަމަކޮށް ކަމާގުޅޭ ސެކްޝަނާއި ހަވާލުކުރޭތޯ ބެލުން.
  • ކޮމިޝަނުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޑިވިޜަންތަކުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ އިންތިޒާމްކުރުން.
  • ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބާއި ގުޅިގެން ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުން.
  • ސަޕޯޓް ސާވިސް ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ފަންނީ ލަފަޔާއެކު އިންފޮމޭޝަން ޓެކްނޮލޮޖީގެ ކަންކަން ތަރައްގީކޮށް ރާވާ ހިންގުން.
  • ޓެކްނޮލޮޖީ އަށް އަންނަ ބަދަލުތައް ފަންނީ ލަފަޔާއެކު ދެނެގަނެ އެ ބަދަލުތަކާ ގުޅިގެން ކޮމިޝަނުގެ ޚިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސެކްރެޓަރީ ޖެނެރަލް މެދުވެރިކޮށް ކޮމިޝަނަށް ލަފާދިނުން.
  • ޢާންމުކޮށް ކުރާ މަސައްކަތްތައް އިތުރަށް އަވަސްކޮށް ހަރުދަނާކުރުމަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާނޭގޮތްތައް ހޯދައި ތަންފީޛުކުރުން.
  • ކޮމިޝަނަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، ކޮމިޝަނުން ފާހަގަކުރާ އެކިއެކި ދުވަސްތަކާއި، ކޮމިޝަނުން ކުރަންޖެހޭ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވެ ސެކްރެޓަރީ ޖެނެރަލަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ކޮމިޝަނުން އެވަގުތެއްގައި ޙަވާލުކުރާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން.
  • މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުނުވާނަމަ، ކޮމިޝަނުން އެވަގުތެއްގައި ޙަވާލުކުރާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން  2024 ފެބުރުވަރީ 27 އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ރަސްމީ ވެބްސައިޓް www.elections.gov.mv  އިން ލިބެން ހުންނާނެއެވެ.

ނޯޓު: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ 3004472 އަށް ގުޅުއްވައި އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެއެވެ. އަދި ދަންނަވަމެވެ. ފައިލްސައިޒް 10mb އަށް ވުރެ ބޮޑުވެގެން މިކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމުގެ ގޮތުގައެވެ.

އިތުރު މަޢުލޫމާތު:

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ.

ސީނިއަރ މެނޭޖްމަންޓް ސަރވިސްގެ (އީ.އެކްސް 1 އިން މަތި) މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

20

އިންޓަވިޔު

30

ޢަމަލީ ޓެސްޓު

10

ޖުމްުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަމަލީ ޓެސްޓު ދިނުމަށްފަހު، އެ ޓެސްޓުން %50 އިން މަތި ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

- މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

18 ފެބުރުވަރީ 2024
ހޯދާ