މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް. 4/ އޮފިސަރ ގްރޭޑް 2
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ނަންބަރު
|
258619
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ސެކްޝަން
|
އިންފޮމޭޝަން ކޮމިއުނިކޭޝަން ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
- މުސާރަ: -/5،020ރ
- ސަރވިސް އެލަވަންސް: -/1،500ރ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ލިބިފައިވުން. ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙަނުގައި ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ސެކްޝަނަށް އަންނަ ސިޓީތައް ބަލައިގަނެ ވެރިއަކަށް ރައްދުކުރުމާއެކު ވާނުވާ ބަލައި ޖަވާބު ތައްޔާރުކުރުން.
- ސެކްޝަނަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުން. ސެކްޝަނަށް އަންނަ ސިޓީ ޑްރާފްޓް ކުރުމާއި ސިޓީ ޓައިޕްކުރުން އަދި ސެކްޝަނުގެ އިދާރީ މަސައްކަތްތައް ކުރުން.
- ސެކްޝަނުން އިންތިޒާމު ކޮށްގެން ބާއްވާ މީޓިންގތައް އެރޭންޖް ކުރުމާއި މީޓިންގތަކުގެ ޔައުމިއްޔާ ލިޔުމާއި ސެކްޝަނުގެ މިފަދަ ހުރިހާ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހަކުވެސް އޮފީހުގެ އީމެއިލް ޗެކްކުރުމާއި ޖަވާބު ދޭންޖެހޭ މެއިލްތަކަށް ޖަވާބު ދިނުމަށް ކަމާބެހޭ ޑިޕާޓްމަންޓް ސެކްޝަން ޔުނިޓް އަދި ދާއިރާތަކަށް ފޯވާޑްކުރުމުގެ އިތުރުން އަވަސް މެއިލްތައް ވެރިންގެ ސަމާލުކަމަށް ގެނައުން. މީގެ އިތުރުން ސެކްޝަނަށް އަންނަ މެއިލްތަކަށް ޖަވާބު ތައްޔާރުކުރުމުގެ ކަންތައް ވެރިއަކަށް ދަންނަވައިގެން ކުރުން.
- ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން ސެކްޝަނުގެ ޔައުމިއްޔާ ލިޔުން. އަދި ޔުނިޓުގައި ފައިލް ކުރަންޖެހޭ އެންމެހައި ލިޔުންތައް ފައިލްކުރުމާއެކު އެއްއަހަރުން އަނެއް އަހަރަށް ބޭނުންވާ ފައިލްތައް ތައްޔާރުކޮށް އޭގެ ރިކޯޑު ބެލެހެއްޓުން.
- ޔުނިޓުގެ މުވައްޒަފުންގެ ތެރެއިން ސަލާމުގައި ނުވަތަ ޗުއްޓީގައި ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ކުރުން.
- އަހަރު ރިޕޯޓު ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި ކޮންމެ އަހަރަކުވެސް ލިޔެ ތައްޔާރުކޮށް ކަނޑައަޅާފައިވާ މުއްދަތުގައި ވެރިން ލަފާގެ މަތިން ފޮނުވުން.
- ޖެމްސް އިން ނަންބަރު ނެގުމާއި ޖެމްސް މެދުވެރިކޮސް ސެކްޝަންތަކަށާއި އެހެނިހެން އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ މެމޯ ބަޖެޓް ފޯމު ވެރިއެއްގެ ހުއްދައާއެކު ފޮނުވުން.
- ކޮންމެ ދުވަހަކުވެސް އެދުވަހަކު ކުރި މަސައްކަތުގެ ލޮގް ޝީޓްގައި ލިޔެ ބެލެހެއްޓުން.
- މީގެ އިތުރުން ވެރިއަކު އެންގެވި އޮފީހުގެ ކޮންމެ މަސައްކަތެއް ކުރުމާއި އޮފީހުގެ ފަރާތުން އިންތިޒާމު ކުރާ ކަންކަމުގައި އެހީތެރިވެ އެއްބާރުލުން ދިނުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
- މުއާމަލާތުކުރުމުގެ ހުނަރު.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު/ މާލެ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 19 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 އެޕްރީލް މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
17 ޖުމާދަލްއާޚިރާ 1436
|