ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފޮޅާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ - ގއ.އަތޮޅު ހޮސްޕިޓަލް

މި އިޢުލާންވަނީ 18 އޭޕްރިލް 2024 15:25 ގައި ބާތިލް ކުރެވިފައެވެ.


                                                       ނަންބަރ: (IUL)GAAH/GAAH/2024/6

 

                                               އިޢުލާން

މި ހޮސްޕިޓަލުން ފޯރު ކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް  ފޮޅާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ:

               މި ހޮސްޕިޓަލުގެ ޢިމާރާތްތަކާއި ގޯތި، އަދި ވަށައިގެންވާ މަގުތައް ކުނިކަހައި ފޮޅާ ސާފުކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަށްބޭނުންވެއެވެ.

         ވީމާ، މި މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް، ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ފެބްރުއަރީ 2024 ވާ ( އަންގާރަ ) ދުވަހުގެ މެންދުރު  14:00ގެ ކުރިން  މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 29 ފެބްރުއަރީ 2024 ވާ ( ބްރާސްފަތި ) ދުވަހުގެ މެންދުރު 14.00 ގެ ކުރިން  އަންދާސީ ހިސާބު ހުށަހެޅުއްވުމުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަ ނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް މި ހޮސްޕިޓަލުގެ ނަންބަރު :6821085 ފޯނަން ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                               18 ފެބްރުއަރީ 2024 މ.

18 ފެބުރުވަރީ 2024
ހޯދާ