ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ އަލަށްކެނޑި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

އިޢުލާން

 

ދ.ބަނޑިދޫ އަލަށްކެނޑި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މިމުއްދަތުގައި ބިޑްގައި ރަޖިސްޓަރވުމަށްއެދި މި ކައުންސިލަށް  ހުށަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތު ސައިޓަށް ވިޒިޓްކުރުމަށް ލިޔުމުން އެދިލައްވާ ބިޑާސް  28 ފެބްރުއަރީ 2024 ވަނަ ދުވަހު 11:30 އަށް މި ކައުންސިލަށް ވަޑައިގެންދެއްވުންއެދެމެވެ.

ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 04 މާޗް 2024 ވަނަ ދުވަހުގެ 11:30 ގައި ބަނޑިދޫ ކައުންސިލް އިދާރާގައެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  03 މާޗް 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން 9650005/7992129 އަށް ގުޅައިގެން (ސަރުކާރު ބަންދުނޫން ކޮންމެދުވަހަކު : 09:00 ން 14:00)  ނުވަތަ  [email protected]   އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

18 ފެބުރުވަރީ 2024
ހޯދާ