ދިވެހިރާއްޖެ
(IUL)403-A/403/2024/30:ނަންބަރު
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިއިދާރާ އިން ބަލަހައްޓަމުން ގެންދަވާ 2 މިސްކިތުގައި ސޯލަރ ޕެނަލް ހަރުކުރުމަށްޓަކައި 2 ސޯލަރ ޕެނަލް މި އިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ތަފްސީލް ތިރީގައި މިވަނީއެވެ.
Solar Panel (Specifications below) |
|
36 Panel |
Quantity |
560W |
Power |
25-30 KG per Panel |
Weight |
2279 x 1134 x 35 mm |
Size |
On-Grid Inverter (Specifications below) |
|
20000W |
Output Power |
230V/400V |
Output Voltage |
Additional Required Accessories
- Single-Core PV Cable 43mm2 (Up to applicable) (up to requirement as per number of panels)
- MC4 Connectors (Rated Current: 30A, voltage: 1000VDC) (up to requirement as per number of panels)
- Roof Mounting System (Aluminum Alloy) (up to requirement as per number of panels)
ތަފްޞީލް |
ދުވަސް |
ތަން |
|
ބީލަމުގައި ރަޖިސްޓްރީވުން |
26 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 އާއި ހަމައަށް |
ލ.މާމެންދޫ ކައުންސިލް އިދާރާ |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. |
||
ބީލަން ހުށަހެޅުން |
07 މާރިޗް 2024 (ބުރާސްފަތި) |
13:30 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މާރިޗް 05 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި
ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. ބީލަން ފޮތް 2024 ފެބުރުވަރީ 19 ވާ ހޯމަ ދުވަހުން ފެށިގެން 2024 މާރިޗް 06 ވާ ބުދަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
08 ޝަޢްބާން 1445ހ