ދިވެހިރާއްޖެ
މަޤާމު: އެސިސްޓެންޓް އެސްޓޭޓް އޮފިސަރ
ޑިޕާރޓްމަންޓް: ބިޒްނަސް ޑިވެލޮޕްމަންޓް، ސޭލްސް އެންޑް މާރކެޓިންގ
އަދަދު: 1
ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ކަނޑައެޅިފައިވާ ގަވާއިދުތަކާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުޅުމާލެއިން ދޫކުރާ ފްލެޓް/ ގޯތި އަދި ބިންތައް ދޫކުރާނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
- ކޯޕަރޭޝަނުން ދޫކުރާ ފްލެޓް، ބިން ފަދަ ތަންތަނުގެ ވެރިފަރާތްތަކުން އެތަންތަނުގެ ބޭނުން ހިފަނީ ކަނޑައެޅިފައިވާ އެގްރީމެންޓް/ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް ސާރވޭތައް ކުރިއަށްގެންދިއުން.
- ކޯޕަރޭޝަންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދޫކުރާ ހުރިހާ ބިން، ގޯތިގެދޮރު އަދި މިނޫންވެސް ތަންތަނުގެ ވެރިފަރާތްތަކުގެ މަޢުލޫމާތުތަށް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- ސާރވޭކުރުމުގައި ފީލްޑް މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން
- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
- މިވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
މުސާރަ: 5،000.00ރ (އެލަވަންސްތަކާއެކު މަދުވެގެން 9،510.00ރ ލިބޭނެއެވެ.)
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
މި ވަޒީފާއަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މި ކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް
މާލެ، ދިވެހިރާއްޖެ
ފޯނު:3336755
ފެކްސް : 3335892 ނުވަތަ،
3 ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް: 3358892