އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލްގެ ސިޑިތަކުގެ ރެއިލިންގ ތައް އަލުން ހަދައި ދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސްކޫލްގެ ސިޑިތަކުގެ ރެއިލިންގ ތައް އަލުން ހަދައި ދޭނެ ފަރާތެއް ހޯދުން
- މިސްކޫލުގެ ސިޑިތަކުގެ ރެއިލިންގ ތައް 1 ވަނަ ފަންގިފިލާއިން 2 ވަނަ ފަންގިފިލާ ހަމައަށް ނައްޓާ އަލުން އެސް.އެސް 304ގެ 1.5 ގެ ހޮޅިން ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވަތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށްކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ފެބްރުއަރީ 18 ން 2024 ފެބްރުއަރީ 22 ގެ 14:00އަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- https://forms.gle/NEB1mkwFER3Fs3ZH6
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބްރުއަރީ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ފެބްރުއަރީ 26 ވާ ހޯމަ ދުވަހުގެ 11:00 ގައި އަމީނިއްޔާ ސުކޫލުގެ ހޯލުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި ފޯމް ސެޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ސްކޫލް އޮފީހުން ބަންދު ނޫން ކޮންމެދުވަހަކު 8:30 14:00 އަށް
އަމީނިއްޔާ ސްކޫލް
ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3325762، 3323247
އީ-މެއިލް: [email protected]
18 ފެބްރުއަރީ 2024
18 ފެބުރުވަރީ 2024
ހޯދާ