މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަން:  ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ

މުސާރަ: -/5610 ރުފިޔާ

ސާރވިސް އެލަވަންސް: -/2000 ރުފިޔާ

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިޔުޓް އޮފް ސްޕޯޓްސް/ މާލެ

ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އެސޯސިއޭޝަންތަކާ ގުޅިގެން ހިންގޭ ޓްރެއިނިނގްތައް ކޯޑިނޭޓްކޮށް ކުރިއަށް ގެންދިއުން.
  • ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރިކޯޑް ފައިލް ބެލެހެއްޓުން.
  • އިންސްޓްރަކްޓަރުންނަށް ގަވާއިދުން ކޯސް ރަޖިސްޓްރީ އަދި ދަރިވަރުންގެ ރިކޯޑް ލިބޭނެ ގޮތް ހަމަޖައްސައިދިނުން.
  • ދަރިވަރުންނާއި އިންސްޓަރަކްޓަރުންގެ ހާޒިރީ ބެލެހެއްޓުން.
  • ގަވާއިދުން ހާޒިރުނުވާ ދަރިވަރުންގެ ރިކޯޑްތައް ބަލައި، ހާޒިރުނުވާ ދަރިވަރުންނަށް އެކަން އެންގުން.
  • ދަރިވަރުންނަށް ކޯހުގެ އެސެސްމެންޓްސްތަކާއި، މޮޑިއުލްްސް ބަރާބަރަށް ހަވާލުކުރުން.
  • ދަރިވަރުންގެ އަޚުލާޤާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ދަރިވަރުންނަށް ލިބޭ ކުރިއެރުން ފާހަގަކޮށް، އެކަން ދަރިވަރުންނަށާއި ސެކްޝަންގެ ވެރިޔާއަށް އެންގުން.
  • ނަތީޖާ ފޯމު، ދަރިވަރުންނަށް ޙަވާލުކުރަންޖެހޭ ދުވަހު  ޙަވާލުކުރުން.
  • އިންސްޓްރަކްޓަރުންގެ އިރުޝާދުގެ މަތިން ދަރިވަރުންގެ ޚިޔާލާއެކު ކޯސް ރިވިޔުކުރުން.
  • ދަރިވަރުންނަށް ގެއްލޭ ކްލާސްތައް ބަލައި އެކަން ހައްލުކުރުން.
  • އިންސްޓްރަކްޓަރުންނާއި ދަރިވަރުންނާ ބައްދަލުކޮށް، ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުން.
  • ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޑިޔުޓީއަށް ނުކުތުން.
  • ސްޕޯޓްސްއާ ގުޅިގެން ރާއްޖޭއިން ބޭރުން އަންނަ ކޮންސަލްޓަންޓުންގެ މަސައްކަތުގައި ދޭންޖެހޭ ފުރިހަމަ އެހީތެރިކަން ދިނުން.

ނޯޓް:

  • މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ސްޕޯޓްސް ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
  • މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވެލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  • މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
  • ސުންގަޑި: 2015 އެޕްރީލް 21 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015
ހޯދާ