މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މިސަރވިސްގެ 02 ވެހިކަލް މަރާމާތު ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިސަރވިސްގެ 02 ވެހިކަލް މަރާމާތު ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  މިސަރވިސްއިން ހުޅުލޭގައި ދުއްވާ ތިރީގައި މިބަޔާން ކުރާ  ވެހިކަލްތައް  މަރާމާތުކޮށްދޭނެ ފަރާހޯދަންބޭނުންވެއްޖެއެވެ.

  1. ރަޖިސްޓްރީ ނަންބަރG5458    B1ވޭން
  2. ރަޖިސްޓްރީ ނަންބަރC1 G2379   ޕިކަޕް

          ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ފެބުރުވަރީ 20 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މީގެ އިތުރަށް މި އިޢުލާނާގުޅޭ މަޢުލޫމާތު  ކަރުދާސް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ.

        ބީލަން ހުށަހެޅުން އަދި ހުޅުވަން ހަމަޖެހިފައިވަނީ 2024 މާރިޗް 3 ވާ އާދިއްތަދުވަހު ހެނދުނު 10:00 އަށް މިސަރވިސްގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ  ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

         އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

18 ފެބުރުވަރީ 2024
ހޯދާ