މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުކުރިމަގު ސްކޫލްގެ 2024 ވަނަ އަހަރަށް ކުރަންޖެހޭ މަރާމަތުތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް
- މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި 2024 ވަނަ އަހަރު މި ސްކޫލްގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 ފެބުރުވަރީ 2024 އިން 27 ފެބުރުވަރީ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 28 ފެބުރުވަރީ 2024 ވާ ބުދަ ދުވަހު 13:00 ގައި މުކުރިމަގު ސްކޫލް އޮފީހުގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 04 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލް އޮފީހުގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުކުރިމަގު ސްކޫލް
ސޯސަން މަގު، ލ.ގަން، ދިވެހިރާއްޖެ
ފޯން: 7970739
މެއިލް އެޑްރެސް: [email protected]
18 ފެބުރުވަރީ 2024
ހޯދާ