ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ފަރާތުން އއ.ތޮއްޑޫ އިންޖީނުގެ އާއި ހަވާލުވުމުގެ މަސައްކަތްތައް ކުރެވެމުންދާތީ މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުން ވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް ސްޓޭޝަން މެނޭޖަރ

ވަޒީފާގެ ދާއިރާ:

އއ.ތޮއްޑޫ އިންޖީނުގެ

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/7,000 ރ. އާއި -/15,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ހިންގުމުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

އިންޖީނުގޭގެ އެންމެ އިސްމީހެއްގެ ގޮތުން ކުންފުނީގެ ހެދިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންޖީނުގެ ހިންގުމުގެ ޒިންމާ އަދާކުރުން. މިގޮތުން ފައިސާގެ މުޢާމަލާތުތައް ހިނގާ ނުހިގާ ގޮތް ބެލުމާއި، ތިޖޫރީ ބެލެހެއްޓުމާއި، ކަސްޓަމަރުންނަށް ކަރަންޓް ދިނުމާއި ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، އިންޖީނުތަކަށް ބޭނުންވާ ތެލާއި ސްޕެއަރ ޕާރޓްސް ހޯދާ ބެލެހެއްޓުމާއި އިންޖީނުގެއިން ތައްޔާރުކުރަން ޖެހޭ ރިޕޯޓުތައް ގަވާއިދުން ޑިޕާޓްމަންޓްތަކަށް ފޮނުވުން.

މަޤާމު:

އޮފީސް އެސިސްޓެންޓް

ވަޒީފާގެ ދާއިރާ:

އއ.ތޮއްޑޫ އިންޖީނުގެ

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/4900 ރ. އާއި -/8،000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން 'ސީ' ފާސް ލިބިފައިވުން. ނުވަތަ،
  • މަސައްކަތާގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4) ހާސިލުކޮށްފައިވުން. އަދި މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން އިގޭ ފަރާތެއްކަމުގައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

އިންޖީނުގޭގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަރަންޓްގެ ޚިދުމަތް ދެވޭތަންތަނުން ރީޑިންގ ނެގުމާއި، ބިލް ހެދުމާއި، ބިލް ހަވާލުކުރުން، އަދި ފައިސާ ބަލައިގަތުމާއި ރިޕޯޓުތައް ތައްޔާރުކުރުން.

މަޤާމު:

އިންޖީން އޮޕަރޭޓަރ

ވަޒީފާގެ ދާއިރާ:

އއ.ތޮއްޑޫ އިންޖީނުގެ

ބޭނުންވާ އަދަދު:       

05

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/4,900ރ. އާއި -/10,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި، މިމާއްދާއިން 'ސީ' ފާސް ލިބިފައިވުން. ނުވަތަ،
  • މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވުމާއިއެކު، ދާއިރާއާގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން އަދި ޝިފްޓް ޑިއުޓީ ކުރުމާއި އިންޖީނުތައް ހިންގާ އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓް ތަކުގެ މަރާމާތު މަސައްކަތްކުރުން އަދި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

  23 އެޕްރީލް 2015 ދުވަހުގެ 15:00 ގެ ކުރިން

މި މަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓްފިކެޓްތަކާއި ވަޒީފާގެ ތަޖުރިބާއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚުތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.   

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސް ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ.

މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑްގެ ކޮޕީ ވަޒީފާއަށްއެދޭ ފޯމާއެކު މިކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް ނުވަތަ އއ.ތޮއްޑޫ ކައުންސިލް އިދާރާއަށް 23 އެޕްރީލް 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

20 ޖުމާދަލްއާޚިރާ 1435

ނޯޓް: މިކުންފުނީގެ އިއުލާން ނަންބަރު: I-2014/99 (ތާރީޚު:22 މެއި 2014) ގެ ތެރެއިން އއ.ތޮއްޑޫ އިންޖީނުގޭގެ ވަޒީފާތަކަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގިނަދުވަސްވުމާއި ގުޅިގެން ކެންސަލް ކުރެވިފައި ކަމުގައި ދަންނަވަމެވެ.

09 އޭޕްރިލް 2015
ހޯދާ