ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ ( ވޭޖް)

މަޤާމް:

ޕްރީސްކޫލް ޓީޗަރ

ބޭނުންވާ ޢަދަދު:

02

މަޤާމްގެ ގިންތި:

ވޭޖު އެމްޕްލޯއިމަންޓް

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 60.00 ރުފިޔާ

ވަގުތު:

ދުވާލަކު 4 ގަޑިއިރު 30 މިނިޓް

މުއްދަތު:

2 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތ.ވޭމަންޑޫ ޕްރީސްކޫލް / ތ.ވޭމަންޑޫ

މަޤާމްގެ ޝަރުތު:

 

 

 

 

 

 

1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 ނުވަތަ

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމްގެ މަސައްކަތުގެ ދާއިރާތައް:

  • ޓީޗިންގް ސާވިސަސް
  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

މަޤާމްގެ މަސްއޫލިއްޔަތުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

1. ޕްރީސްކޫލުން ރާވާ ތާވަލަށާއި، ޕްރީސްކޫލްގެ މުޤައްރަރާއި އެއްގޮތަށް ދަރިވަރުންނަށް ކިޔަވައިދީ އެކިއެކި ހުނަރުތައް ދަސްކޮށް ދިނުން.

 

2- ކިޔަވައިދޭ ގަޑިތަކުގައި ޙަވާލުކުރެވޭ ކުލާހުގެ ދަރިވަރުން ފުރިހަމައަށް ބެލެހެއްޓުން.

 

3- ކުދިން ޝައުޤުވެރިވާ ފަދަ މާހައުލެއް ކްލާސްރޫމްތެރޭގައި ޤާޢިމު ކުރެއްވުމާއިއެކު  ކިޔަވައި ދިނުން.

 

4- ކިޔަވައިދޭ ބައިތައް ޤަވާޢިދުން ވަޒަން ކުރުމާއެކު ރެކޯޑު ބެލެހެއްޓުން

 

5- ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް ޚިޔާލާއި މަޝްވަރާ ހޯއްދެއްވުން.

 

6. ކިޔަވައިދޭ ހުރިހާ ދަރިވަރުންނާމެދު ހަމަހަމަ އުސޫލުން ޢަމަލު ކުރެއްވުން.

 

7- ކުލާހުގެ ޙާޟިރީއާއި ކިޔަވައިދޭ ތަކެތީގެ ރެކޯޑް ދުވަހުން ދުވަހަށް ފުރިހަމަ ކުރެއްވުން.

 

8. އަހަރުތެރޭގައި އަންނަ ކުޑަކުދިންނާއިގުޅޭ އެކިއެކި ދުވަސްތައް ފާހަގަ ކުރުމުގައި ދަރިވަރުންގެ ކުޅިވަރުތައް ރާވައި ފަރިތަކޮށް ދިނުން.

 

9. ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ކުލާހުގައި ހިމެނޭނަމަ އެ ދަރިވަރުންނަށް ޚާއްޞަ އެހީތެރިކަށް ފޯރުކޮށް ދިނުން.

 

10.ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކުރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

 

11.ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  •  ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މިމަޤާމަށް އެދެންވާނީ، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުންނެވެ. ފޯމް ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 22 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. ފޯމް ހުށަހަޅާނީ ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާއަށެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ދުވަހެއް މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއު ކުރުމުގެ ދެދުވަސް ކުރިން އަންގާނެއެވެ.

ޝޯޓް ލިސްޓް ކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10އަކަށްވުރެ އިތުރުވާނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް،

2. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ އައިޑީކާޑްގެ ދެފުށުގެ ސާފު ކޮޕީ

3. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

 

އިތުރު މަޢުލޫމާތު ހޯދުމަށް:

މިއިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6780083 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected]  އަށެވެ.

18 ފެބުރުވަރީ 2024
ހޯދާ