މަޤާމު:
|
އެކައުންޓްސް އޮފިސަރ، ގްރޭޑް-2
|
ކްލެސިފިކޭޝަން:
|
އޮފިސަރ، ގްރޭޑް-2
|
ސިވިލް ސަރވިސްގެ ރޭންކް:
|
ޖީ.އެސް 3
|
ބޭނުންވާ އަދަދު:
|
01
|
އަސާސީ މުސާރަ:
|
-/5,300 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
-/4,000 ރުފިޔާ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ %45
|
އެކު ޖުމްލަ:
|
-/11,685 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް:
|
ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އެކައުންޓްސް އާ ފައިނޭންސް ނުވަތަ އެކައުންޓްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- އޭލެވެލްގައި އިނގިރޭސިއާ ދިވެއްސާ އެކައުންޓްސްއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއިއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އޯލެވެލްގައި އިނގިރޭސިއާ ދިވެއްސާ އެކައުންޓްސް ހިމެނޭގޮތުން 5 މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އުޅެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިންވެންޓްރީ ބެލެހެއްޓުން.
- ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ ޕްރޮކިއުމަންޓްގެ އެންމެހައި މަސައްކަތްކުރުން.
- ކޮމިޝަންގެ ފަރާތުން ރާވަންޖެހޭ ދަތުރުތައް ރޭވުމުގައި އެކައުންޓްސް އަދި ފައިނޭންސްގެ ތެރެއިން ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުން.
- ކޮމިޝަންގެ އެސެޓް ރެޖިސްޓްރީއާ ކޭޝްފްލޯ އަދި އެކައުންޓް ރިސީވަބަލްސް ތައްޔާރުކޮށް، ހަމަޖެހިފައިވާ އުސޫލުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކޮމިޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
- ކޮމިޝަނުގެ މާލީ ބަޔާން ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގައި އެހީތެރިވުން.
- މާލިއްޔަތުގެ ގަވާއިދާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަނަށް ލިބޭ ފައިސާއާއި އެފައިސާއާ ގުޅޭ އެންމެހާ ލިޔެކިޔުން ބެލެހެއްޓުން އަދި ފައިނޭންސް ޔުނިޓްގެ ފައިލިން ސިސްޓަމް ބެލެހެއްޓުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ފޯމުގައި ބުނެފައިވާ ލިޔުންތައް. (އެޕްލިކޭޝަން ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓް: www.pic.org.mv އިން ލިބެން ހުންނާނެއެވެ.)
ނޯޓް:
- އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ރަސްމީގަޑީގައި (08:00އިން 15:00އަށް) މިކޮމިޝަނުގެ ކައުންޓަރަށެވެ.
- އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެ އެވެ.
- ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން، ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފަރާތެއްވެސް ޑިސްކޮލިފައި ކުރެވޭނެއެވެ.
|
ސުންގަޑި:
|
- 2015 އެޕްރީލް 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ސުންގަޑީގެ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝޯޓްލިސްކުރެވޭ ފަރާތްތަކުގެތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކުލސްލިބޭ 15 ފަރާތަކަށެވެ.
- އިންޓަވިއު ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުއާއި ޕްރެކްޓިކަލް ޓެސްޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 މެއި 03 ން 14 އާ ދެމެދުއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001320 ފޯނާ ގުޅުއްވުން އެދެމެވެ.
|