މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަންދޫ މެޖިސްޓްރޭޓް ކޯޓް ކުރިން ހިންގި ޢިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަމްބަރ : 289/289/2024/13 (IUL) އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރުން :

ލަންދޫ މެޖިސްޓްރޭޓް ކޯޓް ކުރިން ހިންގި ޢިމާރާތް ''ބާކޯޓް'' ލަންދޫ ކައުންސިލް އިދާރާ އާއި ގުޅުވާލައި، އެ ޢިމާރާތުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ :  (IUL)289/289/2024/13( 04 ފެބްރުއަރީ 2024 ) ގެ އިޢުލާން އާއި ގުޅިގެން ހުށަހެޅި ބިޑްތައް ބޮޑުކަމަށް ފެންނާތީ، އެ ޢިޢުލާން ބާޠިލްކޮށް ކުރަންޖެހޭ މަސައްކަތްތައް މަދުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިހިނގާ ފެބްރުއަރީ މަހުގެ 19 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން  ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީއެއް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، ގަޑި ޖެހިގެން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ފެބުރުވަރީ 2024
ހޯދާ