ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެޗް.އެސް.ސީ އިމްތިޙާނުގެ އެގްޒޭމިނަރުން ހޯދުން

2015 ވަނަ އަހަރުގެ އެޗް.އެސް.ސީ އިމްތިޙާނުގެ އެގްޒޭމިނަރުން ހޯދުން

2015 ވަނަ އަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ ޖަވާބުކަރުދާސް މާކުކުރުމުގެ މަސައްކަތް ބަލަހައްޓަވައިދެއްވާނެ އެގްޒޭމިނަރުން މިޑިޕާޓްމަންޓަށް ބޭނުންވެއެވެ. މިމަސައްކަތަށް އެދިވަޑައިގެން ހުށަހަޅުއްވާ ފޯމު 2015 އެޕްރީލް 13 ވަނަ ދުވަހުން ފެށިގެން މިޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވީމާ، ސާނަވީ އަދި މަތީސާނަވީއަށް ކިޔަވައިދެއްވާ، މިކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ފޯމު ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު 2015 މޭ 06 ގެ 14:30 ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިންވެސް ލިބެން ހުންނާނެއެވެ.

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015
ހޯދާ