މަޤާމު:
|
ޑްރައިވަރ
|
މަޤާމްގެ ނަންބަރު:
|
J-370335
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ވަގުތީ
|
މަޤާމުގެ ރޭންކު:
|
އެސް.އެސް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ދާންދޫކައުންސިލް އިދާރާ
|
މުސާރަ:
|
3،470.00ރ(މަހަކު)
|
ސަރވިސް އެލަވަންސް:
|
1،000.00ރ(މަހަކު)
|
އެހެނިހެން އިނާޔަތްތައް:
|
ރަމަޟާން އެލަވަންސް 3000.00 ރުފިޔާ
ސަޕޯޓިންގ ކޯ އެލަވަންސް މަހަކު 1200.00 ރުފިޔާ
މިނިމަމް ވޭޖް އެލަވަންސް މަހަކު 702.50 ރުފިޔާ
ފޯން އެލަވަންސް މަހަކު 350.00 ރުފިޔާ
ސްޕެޝިއަލް ޑިއުޓީ އެލަވަންސް މަހަކު 1214.50 ރުފިޔާ
މީގެ އިތުރުން އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލެއްގެ މަތީން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ވަގުތު:
|
ކޮންމެ ހަފުތާއަކު 6 ދުވަސް ދުވާލަކު 6 ގަޑި އިރު
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ދާންދޫ ކުނިމެނޭޖްކޮށް ބެލެހެއްޓުމުގެ ނިޒާމްގައި ގެތަކުން ކުނިތައް ނަގައިގެން ކުނިކޮށްޓަށް ގެންދިއުމަށް ބޭނުންކުރާ ކައުންސިލްގެ ޕިކަޕް ޑްރައިވަރުގެ މަސްއޫލިއްޔަތު އަދާކުރުން.
- އިޖްތިމާޢީ މަރުކަޒު،ކުނިކޮށި އަދި ޤަބުރުސްތާން،ބަނދަރު،ޕާރކް އަދި އިޖުތިމާޢީ ސަރަހައްދުތަކުންނާއި މަގުތަކުގައި ބެހެއްޓިފައިވާ ޑަސްބިންތަކުން ނެގޭ ކުނިތައް ކުނިކޮށްޓަށް ގެންގޮސް ރައްކާތެރިގޮތުގައި ނައްތާލުން.
- ކައުންސިލުން އަމަލުކުރަމުންދާ ޕިކަޕް އުސޫލާއި އެއްގޮތަށް ޕިކަޕް ދަތުރުތައްކޮށް ލިބޭ ނަގުދު ފައިސާ ކައުންސިލްގެ ކަމާއި ބެހޭ މުވައްޒަފަށް ދުވަހުން ދުވަހަށް ހަވާލުކުރުން.
- ދާންދޫ ކައުންސިލްގެ ޕިކަޕް ދޮވެ ސާފުކޮށް ޗާރޖްކޮށް މަރާމާތްކޮށް ބަލަހައްޓައި ޝެޑިއުލާއި އެއްގޮތަށް ސަރވިސްކޮށް ހެދުން.
- ކުނި އުކާލުމުގެ ނިޒާމްގައި ޕިކަޕްގައި ހަރަކާތްތަރިވާ މުވައްޒަފުންގެ ޓީމްގެ އިސް މީހެއްގެ ގޮތުން ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއިއެކު ޓީމް ގޮވައިގެން ހަރަކާތްތެރިވުން.
- ކުނިކޮށީގައި ކުނި ޖަމާވެއްޖެނަމަ ކުނިބުނިތައް ރައްކާތެރިކަމާއި އެކު އަންދައި ކުނިނައްތާލައި ކުނިކޮށި މެނޭޖްކޮށް ބެލެހެއްޓުން.
- ކައުންސިލްގެ ކުނިމޭނޭޖް ކުރުމުގެ ޕްރޮގްރާމްގެ އިތުރުން ކައުންސިލުން ކަނޑައަޅާއި އަންގާ މަސައްކަތްތައް ކުރުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ،އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ކައުންސިލް އިދާރާގެ މަސައްކަތާ ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލް އަށް ޖަވާބުދާރީވުން.
- ތެދުވެރިކަމާއި އިންސާފުވެރިކަމާއި އެކު ސިޔާސީ ނުފޫޒުން އެއްކިބާވެ ޤަވާއިދާއި ކޯޑް އޮފް ކޮންޑެކްޓްގައިވާ ގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރުން. އިންސާފު ވެރިކަމާއި،ތެދުވެރިކަމާއިއެކު ވަކިފަރާތަކަށް ނުޖެހި، ސިޔާސީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ހުރެ މަތީގައިވާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ކަމާއިގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއިއެކު 4 ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. ނުވަތަ
- އަދި 4 ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު ލިޔަން ކިޔަން ދަތުން، މަޤާމުގައި ކުރަންޖެހޭ މަސައްކަތް އެނގުމާއި، މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން
|
މަޤާމުގެ މަސައްކަތުގެ ދާއިރާ:
- ޓްރާންސްޕޯޓޭޝަން ސާވިސަސް
ތައުލީމީ ރޮނގުތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެދާއިރާއިންލިބިފައިވާތަޖުރިބާގެލިޔުން.
- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ޑްރައިވިން ލައިސަންސް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
1- އަސާސީ ޝަރުތުހަމަވުން ދެވޭ (50%)
|
50
|
2- ޝަރުތުހަމަވުމުން ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ (5%)
|
5
|
3- ޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ(%5)
|
5
|
4- އިންޓަރވިއު (%40)
|
40
|
ޖުމްލަ: (މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 70 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓް ލިބިގެންނެވެ.)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ފެބްރުވަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 03 މާރިޗް 2024 އާއި 06 މާރިޗް 2024 އާއި ދެމެދު (ދާންދޫ ކައުންސިލްގެ އިދާރާ) ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާއި ގުޅިގެން މަޢޫލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820026އަށެވެ. އަދި އީ-މެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ހުށަހަޅުއްވާނީ[email protected] މި އީމެއިލް މެދުވެރިކޮށެވެ.
ސިވިލްސަރވިސްގެވަޒީފާތަކަށްމީހުންހޮވުމާއިއައްޔަންކުރުމުގެމިންގަނޑުތަކާއިއުޞޫލުތަކާއި އަދި ގުޅުންހުރިއެންމެހައިލިޔުންތައްސިވިލްސަރވިސްކޮމިޝަނުގެވެބްސައިޓްގެhttps://www.csc.gov.mv/Policy/Index/51 އިންލިބެންހުންނާނެއެވެ.
|
|