ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި، ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމާ ގުޅޭ

ގަވާއިދު ނަންބަރު:2023/R-105  (ފެނާއި ނަރުދަމާގެ ޚިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) އަދި ގަވާއިދު ނަންބަރު: 2023/R-78 (ހަކަތައިގެ ޚިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) ގެ ދަށުން ފެނާއި ނަރުދަމާ އަދި ހަކަތައިގެ ޚިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރ ކުރުމާއި އޮޕަރޭޓިންގް ލައިސްންސް ދޫކުރުން 18 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން މި އޮތޯރިޓީން ކުރިއަށް ގެންދާނެ ވާހަކަ ދެންނެވީމެވެ.

ފެނާއި ނަރުދަމާ އަދި ހަކަތައިގެ ފެސިލިޓީތައް ރަޖިސްޓަރ ކުރުމަށް ބޭނުންވާ ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

  1. އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮއްދޭ ނިޒާމު ރަޖިސްޓްރީކުރުމަށް އެދޭ ފޯމް (ފިލަބަލް)
  2. އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮއްދޭ ނިޒާމު ރަޖިސްޓްރީކުރުމަށް އެދޭ ފޯމް (ޕީ.ޑީ.އެފް.)
  3. އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސަށް އެދޭ ފޯމް (ފިލަބަލް)
  4. އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސަށް އެދޭ ފޯމް (ޕީ.ޑީ.އެފް.)

ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދު ނަންބަރު 2023/R-148  އަދި 2023/R-147 ގައި ބަޔާންކޮށްފައިވާގޮތުން، މިހާރު ހިންގަމުންދާ ހަކަތައިގެ ހިދުމަތް ފޯރުކޮށްދޭ ނިޒާމުތަކުގެ ފެސިލިޓީތައް ރަޖިސްޓަރކުރުމާއި އޮޕަރޭޓިންގ ލައިސަންސް ހޯދުމުގެ ފަހު ތާރީޚަކީ 06 ފެބްރުއަރީ 2025 އެވެ. އަދި މިހާރު ހިންގަމުންދާ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ނިޒާމުތަކުގެ ފެސިލިޓީތައް ރަޖިސްޓަރކުރުމާއި އޮޕަރޭޓިންގ ލައިސަންސް ހޯދުމުގެ ފަހު ތާރީޚަކީ 25 މެއި 2025 އެވެ. އަލަށް ގާއިމުކުރެވޭ ހަކަތައާއި، ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ނިޒާމުތަކުން ހިދުމަތް ފޯރުކޮށްދޭންވާނީ މި އޮތޯރިޓީގައި ރެޖިސްޓަރކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ އޮޕަރޭޓިންގ ލައިސަންސް ލިބިގެންނެއެވެ.

ފެސިލިޓީތަކުގެ ރަޖިސްޓްރޭޝަން އާއި އޮޕަރޭޓިންގ ލައިސަންސް ހޯދުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ފަހުން ރަޖިސްޓަރ ނުކޮށް ހިންގާ ފެސިލިޓީތަކާއި އަދި އޮޕަރޭޓިންގ ލައިސަންސް ނެތި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާމެދު އިސްވެދެންނެވިފައިވާ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެވާހަކަ ދެންނެވީމެވެ.

ވީމާ، 18 ފެބްރުއަރީ 2024 އިން ފެށިގެން ފެނާއި ނަރުދަމާ އަދި ހަކަތައިގެ ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތްފޯރުކޮށްދޭ ނިޒާމުތަކުގެ ފެސިލިޓީ ރަޖިސްޓަރކުރުމާއި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އޮޕަރޭޓިންގ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް މިއޮތޯރިޓީއަށް ހުށަހެޅުމަށް އެންގީމެވެ.

އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މި އޮތޯރިޓީގެ ނަންބަރ 3332488 އަށް ގުޅުއްވުން ނުވަތަ[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

05 ޝަޢުބާން 1445

 

 

15 ފެބުރުވަރީ 2024
ހޯދާ