ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2024/68 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-20-24) GSRF-PSM-GA/2024/29 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގެ ޓީވީ ބިލްޑިންގ ގެ ވަށައިގެންވާ މަގުމަތީ އިންފާރުތަކުގެ ބޭރާއި، ޢިމާރާތުގެ ޢާންމުކޮށް ފެންނަންހުރި ބައިތަކުގައި ކުލަލުމަށް ބޭނުންވާތީ މިމަސައްކަތް ކޮށްދޭން ޝަޢުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިއިޢުލާނާ ގުޅިގެން މިކުންފުނިން ޢާންމުކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤްވެރިވާ ފަރާތްތަކަށް މަސައްކަތުގެ ސައިޓް ދެއްކުން އޮންނާނީ 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00ގައެވެ. މަސައްކަތުގެ ސައިޓަކީ ޕީއެސްއެމް ޓީވީ ބިލްޑިންގ (ބުރުޒުމަގު)އެވެ.
ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 27 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕީ.އެސް.އެމް )ޓީވީބިލްޑިންގ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
05 ޝަޢުބާން 1445
15 ފެބްރުއަރީ 2024