ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ 2 ކުލާސްރޫމުގެ ބްލޮކުގެ ފުރާޅު ޓިނު ބަދަލުކުރުން

އިޢުލާން 

މިސްކޫލުގެ 2 ކުލާސްރޫމު ހިމެނޭ ބްލޮކުގެ ފުރާޅުގެ ޓިނު ބަދަލުކުރުމަށް ކުރެވުނު އިޢުލާން ނަންބަރ  GS72/IUL/2024/06  އާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށައަޅުއްވާފައި ނުވާތީ އެމަސައްކަތް ކުރުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

މިސްކޫލުގެ 2 ކުލާސްރޫމު ހިމެނޭ ބްލޮކުގެ ފުރާޅުގެ ޓިނު ބަދަލުކުރުމަށް ބޭނުންވެއްޖެއެވެ. 

  1. މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ މަޢުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 15 ފެބުރުވަރީ 2024 އިން 21 ފެބުރުވަރީ 2024 ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރެޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. 

 "ބިޑް ރަޖިސްޓްރީ ފޯމްގެ ލިންކް" : https://forms.gle/mDMfmxGCUy5TYzZV7

 3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2024 ފެބުރުވަރީ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާނުގެ 6 ވަނަ ނަމްބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

 4. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024  ފެބުރުވަރީ 26 ވަނަ ދުވަހުގެ 13:00 ގައި ޢަފީފުއްދީނު ސްކޫލުގައެވެ. 

 5. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ. 

 6. މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ. 

  • ޢަފީފުއްދީން ސްކޫލު
  • ފޯން: 6528041

 

 

 

 

 

 

 

 

15 ފެބުރުވަރީ 2024
ހޯދާ