ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންގަލި ލާންޗަށް ޔަމަހާ 4 ސްޓްރޯކް 200 ހޯސްޕަވަރު އައުޓްބޯޑު އިންޖީނެއް ގަނެ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން

މިއިދާރާގެ ނަންބަރު: C/2015/17-ފ237 (29 މާރިޗު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން އައިސްފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރީމެވެ.

ވުމާއެކު، މިއިދާރާގެ ރަންގަލި ލާންޗަށް ޔަމަހާ 4 ސްޓްރޯކް 200 ހޯސްޕަވަރު އައުޓްބޯޑު އިންޖީނެއް ގަނެ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 19 ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެޕްރީލް 26 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ރަންގަލި ލާންޗަށް ޔަމަހާ 4 ސްޓްރޯކް 200 ހޯސްޕަވަރު އައުޓްބޯޑު އިންޖީނެއް ގަނެ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމުގެ އަންދާސީހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

07 އޭޕްރިލް 2015
ހޯދާ