ދިވެހިރާއްޖެ
ސ. އަތޮޅު މަދަރުސާގެ އޮފީސް އިމާރާތުގައި ހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރި އިޢުލާން (އިއުލާން ނަމްބަރ: GS16/IUL/2024/01)އާއި ގުޅިގެން އެއްވެސް ފަރާތަކުން މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ ދެވަނަ ފަހަރަށް އިޢުލާންކޮށް މި މަސައްކަތްތައް ކޮށްދިނުމަށް އެދޭ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 18ފެބްރުއަރީ 2024 ން 20 ފެބްރުއަރީ 2024 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް އީމެއިލް މެދުވެރިކޮށް ނަން ނޯޓުކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
މި ބީލަމާއިގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 9:30 ގެ ކުރިން ތިރީގައިވާ ފޯން ނަމްބަރަށް ގުޅުއްވުމުން މަޢުލޫމާތު ސާފުކުރެވޭނެއެވެ.
- މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އޮންނާނީ 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 11:00 ގައި ސ.އަތޮޅު މަދަރުސާ ގައެވެ. އިސްވެ ދެންނެވިފައިވާ ގަޑިއަށް މައުލޫމާތު ސާފުކުރުމަށް ޕްރީ-ބިޑް މީޓިންގއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ޕްރީ-ބިޑް މީޓީންގ ގައި މަސައްތާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ދެވޭނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 26 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި ސ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއް ގައި ބަންދު ކުރެވިފައެވެ.
މި ބީލަމާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެ އެވެ.
ސ.އަތޮޅު މަދަރުސާ
ފޯން ނަންބަރ:6895679
އީމެއިލް އެޑްރެސް:[email protected]