ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1445 އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޒުގެ އެކަމަޑޭޝަން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ކައުންސިލުން ކުރި ޢިއުލާން ނަމްބަރ (IUL)249-M/249/2024/11 އާއި ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައި ނުވާތީވެ އެ ޢިއުލާން ބާތިލްކޮށް އަލުން އަގު ހުށައެޅުމަށް ހުޅުވާލަމެވެ.
1445 އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޒުގެ ތިރީގައި ބަޔާންކުރާ އިންތިޒާމްތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- ހުރުން (އޭސީ ރޫމް) ، ބޭނުންވާ އަދަދު 1 ކޮޓަރި
- ކެއުން (ރޯދަ ވީއްލުން، ރޭގަނޑު ކެއުން، ހާރު ކެއުން)
- ދޮވެ އިސްތިރިކޮށް ދިނުމާއި ކޮޓަރި ފޮޅާ ސާފުކޮށް ދިނުން.
- ކޮޓަރިއަށް ފްރީ ވައިފައި ޚިދުމަތް ލިބުން.
- ކޮޓަރި ހަމަޖައްސަވާ ފަރާތަކުން ކެއުމުގެ އިންތިޒާމް ހަމަޖައްސަވަން ވާނެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާގެ ކައުންޓަރުން އަގު ހުށައަޅުއްވާ ފޯރމް ނެންގެވުމަށްފަހު 20 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި ކައުންސިލަށް ވަޑައިގެން އަގު ހުށައެޅުއްވުމަށް ދަންނަވަމެވެ.
15 ފެބުރުވަރީ 2024
ހޯދާ