ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލާއި ކެނދިކުޅުދޫ އ.ތ.މ ކޮމިޓީ ގުޅިގެން އަންހެނުންނަށް ޚާއްސަ ޕޭސްޓްރީ ކޯހެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި 18 އަހަރާއި 55 އަހަރާއި ދެމެދުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. މި ކޯސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 25 ފެބުރުވަރީ 2024 އިން ފެށިގެން 10 ދުވަހުގެ މުށްދަތަށެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 20 ފެބުރުވަރި 2024 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް ފުރުއްވާ ރަޖިސްޓްރީވުން އެދެމެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/9hGTUwGmGw
10 ދުވަހަށް ކުރިޔަށް ގެންދެވޭ މި ކޯހުގައި ޕޭސްޓްރީގެ ގިނަ ބާވަތްތަކެއް ހަދާނެގޮތް ކިޔާދެވިގެންދާނެއެވެ.
- ބަނަހުގެ އެކި ވައްތަރުތައް
- އެކި ވަށްތަރުތަކުގެ ޕާން
- ޕަފް ޕޭސްޓްރީ
- އެކި ބާވަތުގެ ރޯލްސް
- ޕިއްޒާ ސޯސް، ސަބްމެރިން ސޯސް އަދި ބާގަރ ސޯސް
- ހެދިކާގެ ބާވަތްތައް
މި ކޯހުގެ ކޮންމެ ބައިވެރިއެއްގެ އަތުން ކޯސް ފީއެއްގެ ގޮތުގައި 1000 ރުފިޔާ ނެގިގެން ދާނެއެވެ. ކޯހުގެ ބައިވެރިން މި ކޯހުގައި ބޭނުންކުރާ ތަކެތި މިކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް އ.ތ.މ ކޮމިޓީގެ ރައީސް ޢާއިޝަތު ޢީސާ (ފޯން ނަންބަރު: 7781539) އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 20 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
04 ޝަޢުބާން 1445
14 ފެބުރުވަރީ 2024