ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ މަކުނުދޫ ޢިޖުތިމާޢީ ސަރަޙައްދުތައް 1 (އެކެއް) އަހަރަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކެއް ބޭނުންވެއްޖެ

  1. ހދ މަކުނުދޫ ޢިޖުތިމާޢީ ސަރަޙައްދުތައް 1 (އެކެއް) އަހަރަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކެއް  ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ފެބުރުވަރީ 19 ވާ ހޯމަ ދުވަހުގެ 11:00 އަށް މަކުނުދޫ ޔޫތު ސެންޓަރުގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިދުވަހު މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބްރުވަރީ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ފެބްރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ޕްރޮކިއުމަންޓް ޔުނިޓް
  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ.މަކުނުދޫ
  • ފޯން:  9695777
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

14 ފެބުރުވަރީ 2024
ހޯދާ