ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެބްރުވަރީ މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ބޭއްވުމަށް ލާޒިމުކުރާ ރައްޔިތުންގެ ޢާއްމު ބައްދަލުވުމެއް 25 ފެބުރުވަރީ 2024 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:30ގައި މަކުނުދޫ އިޖުތިމާޢީ މަރުކަޒު (ޔޫތުސެންޓަރ)ގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ހދ.މަކުނުދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.
ބައްދަލުވުމުގެ އެޖެންޑާ
- ބައްދަލުވުމުގެ ތަޢާރަފް
- 2023 ވަނަ އަހަރުގެ މާލީ ރިޕޯޓް ހުށައެޅުން
- 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށައެޅުން
- 2024 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންނާއި ހިއްސާކުރުން
- 2024 ވަނަ އަހަރު ކުރިޔަށް ރޭވިފައިވާ މައިގަނޑު ހަރަކާތްތައް (މަސައްކަތު ތާވަލް) އަދި ބަޖެޓު ރައްޔިތުންނާއި ހިއްސާކުރުން.
- އތމ ކޮމިޓީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ކުރިއަށް އޮތް އަހަރަށް ރޭވިފައިވާ ހަރަކާތްތައް ރައްޔިތުންނާއި ހިއްސާކުރުން
- ހެދިފައިވާ ރަށުގެ ޢިޖުތިމާއީ ޤަވާއިދުތަކާއި ގުޅޭގޮތުން މަޝްވަރާކުރުން
- ރައްޔިތުންގެ ސުވާލާއި ޖަވާބު ސެޝަން
- ނިންމުން
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
14 ފެބުރުވަރީ 2024
ހޯދާ