މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާކުރަތު ސްކޫލުގައި ބޯފެނުގެ ނިޒާމު ޤާއިމުކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު (2)
މި ސްކޫލްގައި ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ފެބުރުވަރީ 19 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ރެޖިސްޓްރޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް މާކުރަތު ސްކޫލް އޮފީހަށް ދުރުވެ ނުވަތަ [email protected] އަށް މެއިލްކޮށް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބުރުއަރީ 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ފެބުރުއަރީ 26 ވާ ހޯމަ ދުވަހުގެ 13:00ގައި މާކުރަތު ސްކޫލުގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 މާރިޗް 4 ވަނަ ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)
- ނަންނޯޓް ކުރުމާގުޅޭ ގޮތުންނާއި އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާކުރަތު ސްކޫލް
ރ. މާކުރަތު، ދިވެހިރާއްޖެ.
ފޯން: 6580333
އީ-މެއިލް: [email protected]
14 ފެބުރުވަރީ 2024
ހޯދާ