މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން

މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)13-E/13/2024/49 (05 ފެބުރުވަރީ 2024) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ ތަކެތި ނީލަން ކިޔުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ފެބުރުވަރީ 25 ވާ އާދީއްތަ ދުވަހުގެ 13:30 މި މިނިސްޓްރީގެ ގޯތިތެރެއަށް ވަޑައިގެން ދެއްވުންއެދެމެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ސާފު ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 

މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 3349200 ނަންބަރާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 

14 ފެބުރުވަރީ 2024
ހޯދާ