ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

 މިއިދާރާގެ ނަންބަރު : (IUL)374-C/374/2024/2 (15 ޖަނަވަރީ 2024) ގެ އިޢުލާނުގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ އިރު އުތުރު ކަނުން ފެށިގެން މިސްކިތްމަގު ފެށޭ ހިސާބާ ދެމެދުން ބޮޑުތަކުރުފާނުމަގުގައި ހުދުކުލައިގެ ދަވާދުން ބޮޅުއަޅާފައިވާ ރުއްގަހުގެ ވެރިފަރާތްތަކުން އެ ރުކެއްގެ މަޢުލޫމާތު މިއިދާރާއަށް ގެނެސްދިނުމަށް ދަންނަވާފައިވާނެއެވެ. އެހެންނަމަވެސް ދީފައިވާ މުއްދަތުގެ ތެރޭގައި ވަރަށް މަދު ފަރާތަކުން ނޫނީ މަޢުލޫމާތު ގެނެސްދެއްވާފައިނުވާތީ 2024 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި މަޢުލޫމާތު ގެނެސްދެއްވުން އެދެމެވެ. މިއީ މިގޮތުން ކުރާ 2 ވަނަ އިޢުލާން ކަމަށް ވާތީ މިތާރީޚަށް ފަހުން ދަންނަވާފައިވާ ސަރަހައްދުތަކުގައި ހުރި ރުއްގަސް ކެޑުމުގެ މަސައްކަތް މިއިދާރާއިން ކުރަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ. އަދި ވެރިފަރާތް ނޭގޭ ރުއްގަހުގެ ބަދަލު ހަމަޖައްސައިދިނުމުގައި މިކައުންސިލުން ޒިންމާ ނުވާނެ ކަމުގައި ދަންނަވަމެވެ.

ވީމާ، އިސްވެދެންނެވި ސަރަހައްދުތަކުގައިހުރި ރުއްގަހުގެ ތެރެއިން މިއިދާރާއިން ފާހަގަކޮށްފައިވާ ޢާއްމު ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު 2024 ފެބްރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހަޅައިދެއްވުން އެދެމެވެ. ހުށަހަޅާ ލިޔުމުގައި ރުއްގަހުގެ ވެރިފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި އަދި މިއިދާރާއިން ރުކުގައި ޖަހާފައިވާ ނަންބަރު އެގެން އޮންނަންވާނެއެވެ.  

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

               03  ޝައުބާން 1445

               13 ފެބްރުވަރީ 2024  

13 ފެބުރުވަރީ 2024
ހޯދާ