ދިވެހިރާއްޖެ
އެކައުންޓިންގ ސޮފްޓްވެއަރ އަޕްގްރޭޑް ކުރުން
މި ކުންފުނީގެ ނަންބަރު PRC/I-2015/23-ފ113 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިއުލާން ކުރަމެވެ. ވީމާ، ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކުންފުނީގައި ބޭނުން ކުރެވެމުންދާ އެކައުންޓިންގ ސޮފްޓްވެއަރ (އެކްޕެކް) އަޕްގްރޭޑް ކޮށްދިނުން
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީހިސާބު ހުށަހެޅުއްވުން |
20 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 11:00 |
27 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 11:00 |
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.
24 ޖުމާދަލްއާޚިރާ 1436