ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ހއ.ތަކަންދޫ ގަބުރުސްތާނު ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
                                ހއ.ތަކަންދޫ ގަބުރުސްތާން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)254/254/2024/6 (01 ފެބްރުއަރީ 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ކޯޓޭޝަންގައި މަސައްކަތް ނިންމޭނެ މުއްދަތު ބަޔާންކުރަންވާނެއެވެ.
ވީމާ ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
             14 ފެބުރުވަރީ 2024
            
        
                    ހޯދާ  
                
                 
                    