ދިވެހިރާއްޖެ
މި އިޢުލާންވަނީ 13 އޭޕްރިލް 2015 09:13 ގައި ބާތިލް ކުރެވިފައެވެ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސެކަންޑް ނޭޝަނަލް ކޮމިއުނިކޭޝަންސް އެސެސްމަންޓް ހެދުމަށް އިންޑިވިޖުއަލް ނޭޝަނަލް އެކްސްޕާޓެއް ހޯދުމާބެހޭ
ސެކަންޑް ނޭޝަނަލް ކޮމިއުނިކޭޝަންސް އެސެސްމަންޓް ހެދުމަށް އިންޑިވިޖުއަލް ނޭޝަނަލް އެކްސްޕާޓެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)438-PRCU/1/2015/20)ފ(2 އެޕްރީލް 2015) އާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރެއްވުމަށްފަހު 20 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް ތިރީގައިވާ އެޑްރެހަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު (މަހަކަށްޖެހޭވަރު އެނގޭގޮތަށް)
- މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ސީވީ.
މި މަސައްކަތުގެ ތަފުސީލު ހިމެނޭ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަންތައް ހުޅުވުން އޮންނާނީ، 20 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:00 ގައި މިމިނިސްޓްރީގެ ބައްދަލުކުރާ ކޮޓަރީގައެވެ.
ޕްރޮކިއުމަންޓް ޔުނިޓު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން: 300 3004 960+ ފެކްސް: 301 3004 960+
އީމެއިލް އެޑްރެސް: [email protected]