ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އޮފީސް ފޮޅާ ސާފުކޮށް ކުނި އުކައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

1 އަހަރު ދުވަހުގެ މުއްދަތަށް، މި އޮތޯރިޓީގެ އޮފީސް ފޮޅައި ސާފުކޮށް ދުވަހުން ދުވަހަށް ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢު ކުރެވިފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

އިތުރު މަޢުލޫމާތުސާފުކުރުން

  • މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2024 ފެބުރުވަރީ 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުން

  • މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
    • ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޙާއި ގަޑި: 2024 ފެބުރުވަރީ 26 ވަނަ ދުވަހުގެ 10:00 އަށް.
    • ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
  • އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
  • ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
  • ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
14 ފެބުރުވަރީ 2024
ހޯދާ