ދިވެހިރާއްޖެ
އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް ބޭނުންވާ އެގްޒެކެޓިވް ޓޭބަލް ސަޕްލައިކޮށް، ޑެލިވަރީކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް ބޭނުންވާ އެގްޒެކެޓިވް ޓޭބަލް ސަޕްލައިކޮށް، ޑެލިވަރީކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)491-CDS3/491/2024/2 އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 20 ފެބްރުއަރީ 2024ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
- ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 18 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
- ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 22 ފެބްރުއަރީ 2024ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
- އަމީނީ މަގު، މާފަންނު
- ކ.މާލެ، 20392
- އީމެއިލް: [email protected]
04 ޝައުބާން 1445ހ.
14 ފެބްރުއަރީ 2024މ.