ދިވެހިރާއްޖެ
ރަންދާނަ މަދަހަ މުބާރާތުގައި ބައިވެރިވުމަށް ކުރިން ކުރި އިއުލާނު ނަންބަރު: (IUL) 268/2024/10 (13ފެބްރުއަރީ 2024) ގައި ފޯމު ހުށައެޅުމަށް ދީފައިވާ ތާރީޚްގައި މައްސަލައެއް އުޅޭތީ އެ އިޢުލާން ބާޠިލްކޮށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމުކޮށްގެން މި ރަމަޟާންމަހު ބާއްވާ ރަންދާނަ މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 މާރިޗު 21ން 23އަށެވެ.
ވީމާ، މިމަދަޙަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 26ފެބްރުއަރީ 2024ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މި އިއުލާނާއެކުގައިވާ އޮންލައިން ފޯމު ފުރިހަމަކުރައްވާ ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ކުރިން ފޯމު ފުރި ފަރާތްތަކުން އަލުން ފޯމު ފުރާކަށް ނުޖެހޭނެއެވެ. މަދަޙަ މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއިއެކު ހިމަނާފައިވާނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު https://forms.gle/Q3wGg4c1iYi3tdAm7 މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
މި މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް ތިރީގައި އެވަނީއެވެ.
ގްރޫޕް 1 ، މި ގްރޫޕުގައި ހިމެނޭނީ ޖޫނިއަރ އުމުރުފުރާގެ ބައިވެރިންނެވެ. ޖޫނިއަރ އުމުރުފުރާގެ ބައިވެރިންގެ ގޮތުގައި ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ އުމުރުފުރާތަކެވެ.
- 6 އަހަރުންދަށް
- 9 އަހަރުންދަށް
- 11 އަހަރުންދަށް
- 13 އަހަރުންދަށް
- ގްރޫޕް 2 ، މި ގްރޫޕުގައި ހިމެނޭނީ ސީނިއަރ އުމުރުފުރާގެ ބައިވެރިންނެވެ. ސީނިއަރ އުމުރުފުރާގެ ބައިވެރިންގެ ގޮތުގައި ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ އުމުރުފުރާތަކެވެ.
- 16 އަހަރުންދަށް
- 18 އަހަރުންދަށް
- 18 އަހަރުން މަތި