މަޤާމު
|
ޑިރެކްޓަރ
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ
|
ރޭންކް: EX1
|
މުސާރަ
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
އެހެނިހެން އެލަވަންސާއި އުޖޫރަ
|
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ތަން
|
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ
|
ސެކްޝަން
|
ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސް އިމްޕްލިމެންޓޭޝަން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
އިޖތިމާއީ ރައްކާތެރިކަމާ ގުޅޭ އެންމެހައި ޕްރޮގްރާމްތައް ހިންގުން. މީގެ ތެރޭގައި:
- އެކަނިވެރި މައިން/ ބަފައިންނަށް އެމީހުން 18 އަހަރުން ދަށުންގެ ކުދިން ބެލެހެއްޓުމަށް ދެވޭ އެހީ.
- ޤާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ ޔަތީމު/ނިކަމެތި ކުދިންނަށް ދެވޭ އެހީ
- ކަރަންޓް ސަބްސިޑީގެ ކަންތައް ބެލެހެއްޓުން.
- މެޑިކަލް ވެލްފެއަރ (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޯދައިދެވޭ އާލާތްތައް ހިމެނޭ)
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ފައިސާގެ އެހީ.
- ބެޔަސް ނުބެޔަސް ޕްރޮގްރާމާއި އޮފީހުން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއްގެ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުން.
|
ތަޢުލީމާއި ތަޖުރިބާ
|
- މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ެދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
- މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމު
|
މަސައްކަތު
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
|
ރޭންކް: 1 SS
|
މުސާރަ
|
މަހަކު -/3100 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ
|
އެހެނިހެން އެލަވަންސާއި އުޖޫރަ
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ސެކްޝަން
|
ޖެނެރަލް އެޑްމިނިސްޓްރޭޝަން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޮފީހުން ގަންނަން ބޭނުންވާ ތަކެތި ބާޒާރުން ގަނެދިނުން.
- އޮފީހުގެ މަސައްކަތުގައި އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.
- ޖަލްސާތަކާއި ބައްދަލުވުންތަކުގެ ސައިފޮދުގެ އެންމެހައި ކަންތައްތަކެއްގެ އިންތިޒާމް ހަމަޖެއްސުން.
- އޮފީހުގެ ފަރާތުން ބާއްވާ ބައްދަލުވުންތަކަށް ޖަލްސާކުރާ މާލަމް އިންތިޒާމްކުރުމުގައި އެހީތެރިވުން.
- އޮފީހުން ފޮނުވަންޖެހޭ ސިޓީފަދަ ތަކެތި ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި އެޖެންސީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.nspa.gov.mv ން) ޑައުންލޯޑްކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2015 އެޕްރީލް 21 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ އޭޕްރީލްމަހުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނީ 3005323 ނަންބަރު ފޯނަށެވެ.
|
16 ޖުމާދަލްއާޚިރާ 1436 |