ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑްރައިވަރ

މަޤާމް:

އެސް. އެސް. 2

މަަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

އެޑްމިން، އެޗް. އާރ އެންޑް އިންފޮރމޭޝަން ސެކްޝަން

ސެކްޝަން:

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުގެ، ގއ. އަތޮޅުކައުންސިލްގެ އިދާރާގެ ކާރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

-/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

މުސާރަ:

-/1000 ރުފިޔާ (އެއްހާސްރުފިޔާ)

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. އަތޮޅު ކައުންސިލްގެ އިދާރާގެ ކާރުގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ޑްރައިވަރު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
  2. އަތޮޅު ކައުންސިލްގެ އިދާރާގެ ކާރުގައި ދަތުރުކުރާއިރުގައްޔާއި، ދަތުރުނުކޮށް އޮންނައިރު، އެ އުޅަނދަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންކަމުން ރައްކާތެރިކޮށް އުޅަނދު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އަތޮޅު ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށް އަންގާ ގޮތެއްގެމަތިން ކުރުން.
  3. ދަތުރުނުކުރާ، ބަންދު ނޫން ދުވަސްތަކާއި ގަޑިތަކުގައި، އަތޮޅު ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެމަތިން، އެހެނިހެން ރަސްމީ މަސައްކަތް ކުރުން.
  4. އަތޮޅު ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވާގޮތަށް ކުރެވޭ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ، ޒިންމާދާރުވެރިޔާގެ އިރުޝާދުގެމަތިން ރަސްމީ ކަންތައްތަކުގައި ހަރަކާތްތެރިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

1. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް (ކާރު ދުއްވުމުގެ ކެޓަގަރީގެ ހުއްދަ) އޮތުން.

2. އެއްގަމު އުޅަނދު ދުއްވުމުގައި މިހާތަނަށް ލިބިފައިވާ ތަޖުރިބާއާއި، ހޭދަވި މުއްދަތު.

3. އިންޓަވިއުން ލިބޭ މާކްސް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ (ލަސްވެގެން) 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

2015 އެޕްރީލް 21 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި އިޢުލާނުގައި ކަނޑައެޅިފައިވާ މުސާރައިގެ އިތުރުން، އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތްތަކަށް ދިވެހި ސިވިލި ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެ އެވެ. އަދި ރަސްމީ ބޭނުންތަކުގައި ކުރަންޖެހޭ ދަތުރުތަކަށް ދަތުރު އެލަވަންސާއި، ކޮއްތު ފައިސާއާއި، ރިސްކް އެލަވަންސް ވެސް ލިބޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މި އިދާރާގެ ކައުންޓަރުން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

މި އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ 6820028  ނަންބަރު  ފޯނާއެވެ. ފެކްސް ނަންބަރަކީ 6820002 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

20 ޖުމާދަލްއާޚިރާ 1436

09 އޭޕްރިލް 2015
ހޯދާ