ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
03 ފެބުރުވަރީ 2015 މި ސުކޫލުން އިޢުލާންކުރި، ނަންބަރު GS52/IUL/2015/06 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތައް މަދުކަމުން އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ސުކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި ބަޔާންކުރެވިފައިވާ ފަރުނީޗަރ މި ސުކޫލަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް މި ސުކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިޔަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސުކޫލުގެ ނަންބަރު 6800012 އާ ގުޅުއްވުމަށް ދަންނަވަމެވެ.
ގަންނަން ބޭނުންވާ ތަކެތި
- 100 ޑެސްކް (ޕްރައިމަރީ)
- 100 ގޮނޑި (ޕްރައިމަރީ)
- 60 ޑެސްކް (ސެކަންޑަރީ)